އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ ޕާސްޕޯޓް ހިފަހައްޓައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާތީ ފުލުހުން ދަނީ 2019 ވަނަ އަހަރުން ފެށިގެން އޭނާގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އޭނާ މިހުރިހާ ދުވަހު އުޅުނީ ތަހުގީގަށް ފިލައިގެންނެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ --

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅެފައި ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އޭސީސީ އިން 2019 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށްފަހު އޭނާ ދިރިއުޅެމުން ގެންދެވީ މެލޭޝިއާގަ އެވެ. އޭނާ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތުމާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ލުތުފީގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާތީ ފުލުހުން ދަނީ 2019 ވަނަ އަހަރުން ފެށިގެން އޭނާގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އޭނާ މިހުރިހާ ދުވަހު އުޅުނީ ތަހުގީގަށް ފިލައިގެންނެވެ. ލުތުފީއަށް ފުލުހުން ކުރާ ތުހުމަތަކީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.

އޭސީސީން ލުތުފީ އިސްތިއުފާ ދެއްވީ އޭނާ އޮފީހަށް ހާޒިރުނުވެ ބަރާބަރަށް މުސާރަ ނަގާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. އޭނާ ޗުއްޓީއެއްގައި ހުންނަވައި ޗުއްޓީ ހަމަވިތާ ތިން މަސްވީ އިރުވެސް އޮފީހަށް ނިކުމެފައެއް ނުވެ އެވެ. 

ކޮމެންޓް

1
450
ޔުސްރަފް
8 months ago

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ، މުޅިން ކޮރަޕްޓް ވެފަ މިއޮތީ، ދެން ވިސްނަބަލަ އެހެން މީހުން އިހްލާސްތެރިވާނެ ވަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.