މިހާރު މޫނު ބުރުގާ ނޭޅޭނީ ކުޑަކުދީންނަށް ކިޔަވައިދޭއިރު އެކަނި

އާ ގަވާއިދުގައި ބުނަނީ އުމުުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއް ގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން މޫނު ފެންނަ ގޮތަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --

އުމުުރުން 10 އަހަފރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު މޫނު ބުރުގާ އަޅާ ޓީޗަރުން މޫނު ފެންނަ ގޮތަށް ހުރުން ލާޒިމު ކޮށްފި އެވެ.

ސަރުކާރުން ކުރީން ވަނީ ކިޔަވައިދޭއިރު ޓީޗަރުން މޫނު ފެންނަ ގޮތަށް ހުރުން ލާޒިމުކޮށް ގަވާއިދެއް ނެރެފައެވެ. އެ ގަވާއިދަށް ފާޑުކިޔުން ބޮޑުވުމުން މިހާރު ވަނީ މުދައްރިސުންގެ ސުލޫކީ މިންގަނޑާއި ގުޅޭ އުސޫލަށް ބަދަލު ގެނެސްފައެވެ. މިހާރު އޮތް ގޮތުން އުމުުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރަން ޖެހެއެވެ. ނަމަވެސް އެއީ އެކަމަށް އެކަށީގެންވާ މާހައުލެއް ނަަމަ އެވެ.

އާ ގަވާއިދުގައި ބުނަނީ އުމުުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއް ގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ މުވައްޒިފުން ދަރިވަރުނާ މުއާމަލާތު ކުރާ ހުރިހައި ވަގުތެއްގައި ހުންނަން ވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށް ގަވާއިދުގައި ވެއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުން ކުރީ ސަރުކާރުގައި މަނާ ކުރުމުން ވެރިކަމަށް ވަޑައިގަތުމަށް ރައީސް ސޯލިހް ވަނީ މޫނު ބުރުގާ އަޅައިގެން ޓީޗަރުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.