ސިޓީ ކައުންސިލުން ރައީސްގެ ކެމްޕޭނަށް ހުރަސް އަޅާ ތުހުމަތު

ސިލްސިލާކޮށް ކޮންމެ ދުވަހަކު މާރިޔާ ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި މައިގަނޑު ގޮތެއްގައި ބަހުގެ ހަމަލާތައް އަމާޒުކުރައްވަނީ މުއިއްޒަށެވެ. މުއިއްޒަށް ނިސްބަތް ކުރައްވާ ނަން ވިދާޅުވަނީ "ޕީއެންސީ-ސަލަފް ކެންޑިޑޭޓް" އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ --

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ހަރަކާތްތަކަށް މާލެ ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕޭނާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕޭނު ތެރޭގައި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ކެމްޕޭނަށް ޕީޕީއެމްގެ ސަރުކާރުން ހުރަސް އެޅި ކަމަށެވެ. މިއަދު އިދިކޮޅުގައި އޮވެގެން އެމީހުންގެ ބާރު ބޭނުންކޮށްގެން ރައީސްގެ ކެމްޕޭނަށް ހުރަސް އަޅަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން މާލެ ސިޓީ ކައުންސިލްގައި އެދިގެން އުޅޭތާ ދުވަސްވެފައިވާއިރު އެކި އުޒުރުތައް ދައްކައިގެން ހުއްދަ ހިފަހައްޓާފައިވާ ކަމަށެވެ.

"އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށް މިހާރު ސިޓީ ކައުންސިލްގަ އެދެމުން ދަނީ. ފުރަތަމަ ފަހަރުވެސް އެހެން ކަމެއް އޮތޭ ވިދާޅުވެފަ ނުދެއްވި. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނާއިރު، އެރޭ އެތާ އެތެރޭ އުޅުއްވާ ކައުންސިލަރުން އެބަ ބުނޭ އެރޭ އެކަމެއް ނެތޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ދާދިފަހުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ސިޓީ ކައުންސިލްގެ މޭޔަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ޖަލްސާއެއް ބާއްވަން ޖާގަ ދީފައިވާ ކަމަށެވެ. ސަރުކާރުން ދަނީ ވާދަވެރި ފަރާތްތަކަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދެމުން ކަމަށެވެ.

"އެކަމަކު ސިޓީ ކައުންސިލުން، މާލޭގެ މޭޔަރެއްހެން ހުންނަވައިގެން ވެސް އެވަޑައިގަންނަވަނީ ގާނޫނު އަސާސީގަވާ ގޮތަށް ކަންކަން ނުކުރައްވާ، އެކި ގޮތް ގޮތުން ސަރުކާރަށް ނުވަތަ ސަރުކާރަށްވުރެ ބޮޑަށް އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި މަސައްކަތްޕުޅުތައް ކުރައްވަމުން،" މާރިޔާ ވިދާޅުވި އެވެ.

މުއިއްޒުއަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުޅުމާލެ ސިޓީ ކައުންސިލްގެ ވެރިކަމަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވަމުންދާ ކަމަށެވެ. އެކަމަކު މުއިއްޒު އަކީ ލާމަރުކަޒީ ނިޒާމް ގަބޫލުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، މޭޔަރަކަށް ހުންނަވައިގެން އެވާހަކަތައް ދެއްކިޔަސް ބާރު ލިބެއްޖެނަމަ ހަމަ ވާނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންވީ ގޮތަށް ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ކައުންސިލަރުންގެ އަތުން ބާރުތައް ނަގައި، ކައުންސިލަރުން ސަސްޕެންޑް ކުރަމުން ދިޔަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު މާރިޔާ ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި މައިގަނޑު ގޮތެއްގައި ބަހުގެ ހަމަލާތައް އަމާޒުކުރައްވަނީ މުއިއްޒަށެވެ. މުއިއްޒަށް ނިސްބަތް ކުރައްވާ ނަން ވިދާޅުވަނީ "ޕީއެންސީ-ސަލަފް ކެންޑިޑޭޓް" އެވެ.

ކޮމެންޓް

1
450
ސިޓީ ކައުންސިލު
8 months ago

އަޅަން މާލަސްވެއްޖެ ސިޓީ ކައުންސިލުން ކެމްޕޭނަށް މީހުން ނެރެންޏާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.