ދޫކޮށްދިޔަ މެންބަރުންތައް ގުޅި އެމްްޑީޕީ އަލުން އެކުވެއްޖެ: ރައީސް

"ބަދަލުވަމުން ބަދަލުވަމުން އައިސް މިހާރު ގާތްގަނޑަކަށް އެކީ އެކައްޗަކަށް އެއްފަރާތަކަށް އަރާ މުޅީން އަނެއްކާވެސް އެމްޑީޕީއާ އެކީގައި މި އިންތިހާބު ކާމިޔާބު ކުރުމަށް އަސްލު އެމްޑީޕީގެ މެންބަރުން ނިކުމެ ތިބި ތަން އަޅުގަނޑަށް ފެންނަމުންދޭ،"

ރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީއަށް އެރި ލޮޅުމުން ސަލާމަތް ވެވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އަސްލު އެމްޑީޕީ މެންބަރުން ނިކުމެ ތިބި މަންޒަރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ބ. ތުޅާދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި ގިނަ މެންބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ވެސް ހިމެނެ އެވެ.

އެ މެންބަރުން މިހާރު ވަނީ ދަަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީ އެއްވެސް ރަޖިސްޓްރީ ކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހަމަޖައްސަވާ މުޅި ރާއްޖޭގައި ދަނީ ކެމްޕެއިން ކުރަމުންނެވެ.

ޑިމޮކްރެޓްސްއާ މުޅީހެން ގުޅުނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ނަމަވެސް ބައެއް މެންބަރުން މިހާރު ވަނީ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިފައެވެ.

ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަށް އެރީ ކުޑަ ލޮޅުމެއް ކަމަށެވެ. ނަމަވެސް ތުޅާދޫއާ އެހެން ރަށްރަށުން ވެސް އެ މަންޒަރު ބަދަލުވަމުންދާ ތަން މިހާރު ފެންނަމުންދާ ކަމަށެވެ. ކެމްޕެއިނަށް ވަޑައިގެންނެވުނު ރަށްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް އެމްޑީޕީ ހީނަރުވެފައި އޮތް މަންޒަރު ފެނިވަޑައިގެންނެވި ކަމަށާ ނަމަވެސް އެކަން މިހާރު ބަލަމުންދާ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު މި ފެންނަނީ އެ މަންޒަރު މި ރަށުން ވެސް ބަދަލުވަމުންދާ ތަން. އަޅުގަނޑު މި ދެވުނު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ބައެއް ރަށްރަށުގައި މީގެ އަސަރު ކުރީން ކޮށްފައި ހުރި. އެހެން ނަމަވެސް ބަދަލުވަމުން ބަދަލުވަމުން އައިސް މިހާރު ގާތްގަނޑަކަށް އެކީ އެކައްޗަކަށް އެއްފަރާތަކަށް އަރާ މުޅީން އަނެއްކާވެސް އެމްޑީޕީއާ އެކީގައި މި އިންތިހާބު ކާމިޔާބު ކުރުމަށް އަސްލު އެމްޑީޕީގެ މެންބަރުން ނިކުމެ ތިބި ތަން އަޅުގަނޑަށް ފެންނަމުންދޭ،"

ރައީސް ވިދާޅުވީ މިހާތަނަށް ފެނިވަޑައިގެން މަންޒަރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ތުޅާދޫއަށް ކޮށްދެއްވާނެ ވަަރަށް ގިނަ ކަންކަން އިއުލާނު ކުރައްވާފައެވެ.

  •  އިތުރު 100 ހައުސިން ޔުނިޓް
  •  ހޮސްޕިޓަލްހެ މަސައްކަތް މުއްދަތަށް ނިމޭނެ
  •  މަގުތަކުގއި ތާރު އެޅުން
  •  ބީޗް އޭރިއާ ތަރައްގީކޮށް ޕިކްނިކް އައިލެންޑެއް ހެދުން
  •  ބިން ހިއްކާ ރަށް ބޮޑު ކުރުން
  •  މަސްގަންނާނެ ބޯޓެއް ބާއްވަ ދިނުން
  •  ގުރޭޑް 12އާ ހަމައަށް ކިޔަވައިދެވޭނެ ގޮތް ހެދުން

ރައީސް ވިދާޅުވީ ތުޅާދޫ ރައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔައީ އެއާޕޯޓަކަށް ކަމަށާ އެ މަސައްކަތް މިހާރު އޮތީ ބަޔަކާ ހަވާލުު ކުރެވިފައި ކަމަށެވެ.

އަދި މަަސައްކަތް ފެށުން ދެން ލަސްނުވާނެ ކަމަށް ވިދާޅުވެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަަސައްކަތް މި އަންނަ ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވި އެވެ. އެއާޕޯޓް އެޅުމަށް ތުޅާދޫ ފަޅުން 44 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ގުރައިޝާ
8 months ago

ތިކިޔާ އެމްޑީޕީ އަކީ ވެސް އަދި ޑިމޮކްރޭޓްސް އަކީވެސް އަންނި. އަންނިގެ ހިޔާލް. އަންނިގެ ފިކުރު. މިހާރުވެސް އިބޫ ވެރިކަމުގަ ނެތްނަމަ ތީން އެކަކު ވެސް އިބޫ އާއި އެކު ނުހުންނާނެ. އިހްލާސްތެރިކަމުން އައިސް އުޅޭ ބައެއްނޫން ތި އުޅޭ މެހި ބައިގަނޑަކީ. އެހެންނަމަ ނުވެސްދާނެ ދޯ އިބޫ ދޫކޮށް. އެއި ފެން އޮންނަ ތާކަށް މަސް ދާނެ އޭ ބުނާ ބުނުން. އަވާމެންދުރެއްގަ އިބޫ ތިހުންނެވީ. ހުރިހާވެސް މީހަކީ އަންނި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.