އެމީހުންގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަަށް ވިދާޅުވެ ނާޒިމް ވަނީ އެ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ޕްރައިވެޓް ހަޔާ -- އަމިއްލަ ގޮތުން ޓެކްސީ ކުރާ މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދާ ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ނާޒިމް މިއަދު ވަނީ ޕްރައިވެޓް ޓެކްސީ ކުރާ މީހުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިމަނުއްވާ ނާޒިމް ކުރެއްވި ޓްވީޓެއް ގައި ބުނެފައިވަނީ އެމީހުންނަކީ ސަރުކާރުން ހުއްދަ ނަގައިގެން އާމްދަނީ ހޯދުމަށް ބުރަ މަސައްކަތްކުރާ ބައެއް ކަމަަށެވެ.
އެމީހުންގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަަށް ވިދާޅުވެ ނާޒިމް ވަނީ އެ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
އަމިއްލަ ގޮތުން ޓެކްސީކުރާ ޑްރައިވަރުންގެ ކަންބޮޑުވުންތައް އެ މީހުން ދޭތެރެ ދޭތެރެއިން ހާމަ ކުރެއެވެ. ހާއްސަކޮށް ޓެކްސީ ދަތުރުތަކުގެ އަގުތައް ސަރުކާރުން ކަނޑައަޅާ ކޮންޓްރޯލް ކުރާއިރު ޕެޓްރޯލްގެ އަގު ބޮޑުވެ މާލީ ގެއްލުން ވާތީ އެކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމް ގެންދަވަނީ އެކި ދާއިރާތަކުގެ މަސައްކަތްތެރީންނާއި ބައްދަލު ކުރައްވަމުންނެވެ. ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދާ ދިނުމަށް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.
ޓްކްސީ ޑްރައިވަރުންގެ ހައްގު އަބަދުވެސް، އަބަދުވެސް. އެހެން މީހުންގެ ނޯވޭދޯ ހައްގެއް.
އުހުން، އެމީހަކު ބޭނުންހާ އަގަކަށް ޓެކްސީ ނުކުރެވޭނެ. ކޮބާ އާންމު ރައްޔިތުމީހާގެ ހައްގު. ދެން އޮތީ މީޓަރ ހަރުކުރުން. އެހެން ނޫނީ އެންމެ ބޭނުންވާ ގަޑިތަކުގަ މި ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއްކިޔާނީ. ދާންބޭނުމިއްޔާ އަރާ ނޫނީ ހުރެ. މިހާރުވެސް ވިއްސާރަ ތިއްކެއް ޖަހައިފިއްޔާ ޓެކްސީ އެއްނުލިބޭ. ހީވަނީ ކުރާ ޖެއްސުމެއްހެން.