މުއިއްޒު ވަޑައިގަތުމާ ދިމާކޮށް ގުރައިދޫގައި ހަމަނުޖެހުމެއް، ބަޔަކަށް އަނިޔާ

ފުލުހުން ދެންމެ ބުނީ ގުރައިދޫގައި ދެ ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ހަމަނުޖެހުމާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަަމަށް ބުންޏެވެ.

ގުރައިދޫގައި ހަމަނުޖެހުން ހިންގަނީ: ޒުވާނަކު ވަނީ ހައްޔަރު ކޮށްފައި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫ އަށް ވަޑައިގަތުމާއި ދިމާކޮށް އެ ރަށުގައި ހަމަނުޖެހުން ހިންގައިފި އެވެ.

ހަމަނުޖެހުން ހިނގީ ޕީޕީއެމްއާ އެމްޑީޕީގެ މެންބަރުންތަކެއްގެ މެދުގައި ކަމަށް އެނގިފައިވެއެވެ. އަތާއި ފައިން ބައެއް މީހުން ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް އާންމު ވެފައިވެއެވެ.

ފުލުހުން ދެންމެ ބުނީ ގުރައިދޫގައި ދެ ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ހަމަނުޖެހުމާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަަމަށް ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މުއިއްޒުގެ ކެމްޕެއިން ކަވާ ކުރަން ގުރައިދޫއަށް ދިޔަ ބައެއް ނޫސްވެރީން ބުނީ ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ކުރީން ވެސް އޮތީ ބެލެވިފައި ކަމަށެވެ. ނަމަވެސް ދުރާލާ އެފަދަ ކަމަކަށް ފުލުހުން ތައްޔާރުވެފައި ނުވާ ކަމަށެވެ. ގުރައިދޫގައި އެ ވަގުތު ތިބީ ހަތް ފުލުހުން ކަމަށް ވެސް ބައެއް ރިޕޯޓަރުން ބުންޏެވެ. އަދި ހަމަނުޖެހުން ހިނގުމުން އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަަސައްކަތެއް ނުކުރާ ކަމަށެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ގުރައިދޫގައި ހަމަނުޖެހުން ހިނގި ނަމަވެސް މުއިއްޒު ވަނީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެންފައެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުއިއްޒަށް މަރުހަބާ ކިޔަން ޖަމާވި އެވެ. ފަހުން އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.

ކޮމެންޓް

2
450
ސޮއްޕެ
8 months ago

އެމްޑީޕީ މީހުން ރާވައިގެން ކުރިކަމެއްތީ، އެކަމް އެއޮތީ އަތަށް ގޮވާފަ.

ކަންމަތީ އާންޓީ
8 months ago

ވަރަށް ނާތަހުޒީބް އަމަލެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.