"ތިލަމާލެ ބްރިޖްގެ ކަމެއް ދިމާވެއްޖެ ނަމަ ދާން ޖެހޭނީ އިންޑިއާ ކޯޓަކަށް"

ރާއްޖޭގެ ލޯނަކާއި ގުޅިގެން މައްސަލައެއް ޖެހުމުން މީގެ ކުރީން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ދާ ކޯޓަކީ ރާއްޖޭގެ ކޯޓެއް ނޫން އެހެން ކޯޓެއް ކަމަށް މީގެ ކުރިން އެގްރީމެންޓެއްގައިު ކަނޑައަޅާފައިނުވެ އެވެ.

އަލީ ހުސައިން

ތިލަމާލެ ބްރިޖާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ދިވެހި ރާއްޖެއިން އެ މައްސަލައެއްގައި ދާން ޖެހެނީ އިންޑިއާގެ އާބިޓްރޭޝަން ކޯޓަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅު ވެއްޖެ އެވެ.

މެންބަރު އަލީ ހުސައިނަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރުގެ ސަރުކާރުން އުފައްދާފައިވާ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.  

އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ކެމްޕޭންގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ރޭ ވިދާޅުވީ ހުރިހާ ކަމެއް ވަރިހަމަކޮށް ލިބުނު ދިމާލަކުން ލޯނު ނަގަމުން ދާއިރު މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ތިލަމާލެ ބްރިޖާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ދިވެހިން އެ މައްސަލައެއް ހިފައިގެނބް ދާން ޖެހެނީ އިންޑިއާގެ ބޮންބޭ އާބިޓްރޭޝަން ކޯޓަށް ކަމަށެވެ. 

"މި ލޯނު ނަގާފައި ވަނީ އިންޑިއާއިން. ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާއިން... ބްރިގެ މައްސަލައެއް ދިމާވިޔަސް ދާން ޖެހޭނީ ބޮންބޭ އާބިޓްރޭޝަނަށް، މިއީ އަޅުގަނޑުމެން ތިބި ހާލަތު." އަލީ ހުސެިން ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން އަދި އެއްބަސްވުމަކާއި ގުޅިގެން މައްސަލައެއް ޖެހުމުން މީގެ ކުރީން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ދާ ކޯޓަކީ ރާއްޖޭގެ ކޯޓެއް ނޫން އެހެން ކޯޓެއް ކަމަށް އެގްރީމެންޓެއްގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެކަން ފެށުނީ އިންޑިއާގެ ޖީއެމްއާރްގެ އެއްބަސްވުމާ ހަމައިން ކަމަށެވެ. 

"އަޅުގަނޑުމެންގެ ތަރިކަތައް ބޭރުގެ ބަޔަކަށް ދޭއިރުގައި ވިސްނަން ޖެހެނީ މިނިވަންކަމާއި ދޭތެރޭ... ބޮޑުތިލަދުންމައްޗަށް ބެލީމާ ވެސް އެބައިނގޭ ހިޔަނި އެޅިފައިވާ މިންވަރު. އުތުރު ތިލަފަޅަށް ބެލީމަ އެބަ އިނގޭ ވާނުވާ ނޭންގޭ އެތަކެއް ކަމެއް ހިނގާކަން. އައްޑޫއަށް ގޮސް ބެލީމާ އިނގޭ އެތާގައި ކޮންސިއުލާ އޮފީހެއް ކޮންމެހެން އަޅަން ޖެހޭ ހާލަތެއް ނެތްކަން. އޭގެ ދެކުނަށް ބެލީމަ އެބަ އިނގޭ ގާނޫނުގައި ބަޔާންކޮށްފައި އޮތް 200 ނޯޓިލަކް މެއިލް އިން އެތަކެއް ބައެއް ދިވެހިންނަށް ގެއްލިއްޖެކަން." އަލީ ހުސެއިން ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.