އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" އަށް ބޮޑު ތަރުހީބެއް

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ / އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށް ދިން ލީޑަރަކީ ރައީސް ސޯލިހެވެ.

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި މިއަދު ބޭއްވި ހަރަކާތުގެ ބައިވެރީންނާއެކު ރައީސް ފޮޓޯއެއް ނަންގަވަނީ

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އިތުރު ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ގިނަ ބަޔަކު ބައިވެެރިވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ވިއްސަކަށް ދުވަހަށް ވެފައިވާއިރު ރައީސް ސޯލިހްގެ ކެމްޕެއިން މުޅި ރާއްޖޭގައި ދަނީ ފުޅާ ދާއިރާ އެއްގައި ހިންގަމުންނެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހަރަކާތަކީ ވެސް ރައީސް ސޯލިހަށް ތާއީދު އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެވެ. އަދި މިއީ ރައީސް ސޯލިހްގެ ޒައާމަތުގައި އަންހެނުންނަށް ހޯދައިދިން ފުރުސަތުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި މިއަދު ބޭއްވި ހަރަކާތް

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ / އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށް ދިން ލީޑަރަކީ ރައީސް ސޯލިހް ކަމަށެވެ. އެމަނިކުފާނު ނޫނީ އަންހެނުންނަށް ހައްގު މަގާމު ހޯދައިދިނުމަށް ހަގީގީގީ މާނާގައި މަސައްކަތް ކޮށްދެއްވި ބޭފުޅަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ ދިވެހި އަންހެނުންގެ ހިތްތަކުން ޖާގަ ހޯއްދަވާފައެވެ.

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި މިއަދު ބޭއްވި ހަރަކާތު

ރޮޒައިނާ ވިދާޅުވީ ތައުލީމީ ދާއިރާ އިންގިލާބު ކޮށްލި ސްޓޫޑެންޓް ލޯން ޕްރަގްރާމުން ފުރުސަތު ލިބުނު މީހުންގެ 58 ޕަސެންޓަކީ އަންހެނުންނެވެ. އަދި ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ އިތުރުކޮށް ދެއްވުމާއި ވިޔަފާރީގެ ތެރެއަށް އަންހެނުން ވަނުމަށް ސަރުކާރުން ވެދިން އެހީތެރިކަން ފާހަގަ ކުރެއްވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އެތައް ހާސް އަންހެނުންނަށަކަށް ވިޔަފާރީގައި ކުރިއަށްދާން ވަނީ ފުރުސަތު ފަހިކޮށްދީ ޓްރެއިން ކޮށްދީފައެވެ.

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި މިއަދު ބޭއްވި ހަރަކާތު

މިއަދުގެ ހަރަކާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަންހެން މިނިސްޓަރުންނާއި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންނާއި ގިނަ އަދަދެއްގެ އަންހެނުން ބައިވެެރިވެފައިވެއެވެ.

ރައީސް ސޯލިހާއި މެޑަމް ފަޒްނާ ވަނީ އެ މެންބަރުންނާއެކު ފޮޓޯ ނަންގަވާ ސައިގައި ވަގުތު ހޭދަ ކުރައްވާފައެވެ.

އުފާވެރި އަންހެނުން "ޓީ ވިތް އިބޫ" ނަމުގައި މިއަދު ބޭއްވި ހަރަކާތު

ރިޔާސީ އިންތިހާބުގައި ކެމްޕެއިންގައި މާދަމާ ރައީސް ސޯލިހް ވަޑައިގަންނަވަނީ ބ އަތޮޅަށެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ދެ ތީން ދުވަހު ރޯގާގެ އާލާސްކަންފުޅު ބޮޑުވެ ރައީސް ސޯލިހްގެ ކެމްޕެއިން ދަތުރުތައް މެދުކެނޑުނެވެ. ރައީސް އއ އަތޮޅާއި އދ އަތޮޅުގެ ކެންޕެއިނަށް ވަޑައިގަތީ ވެސް އާލާސްކަންފުޅާ އުޅުއްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.