އަންނަ މަހުގެ ފަސްވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ "ޖޯކަރު" ގެ އޮންލައިން ބުކިން ހެދުމަށް 7458800 އަށް މެސެޖް ކުރުމަށް ނުވަތަ ގުޅުމަށް ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފައެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ "ޖޯކަރު" ގެ އޮންލައިން ބުކިން ހެދުމަށް 7458800 އަށް މެސެޖް ކުރުމަށް ނުވަތަ ގުޅުމަށް ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފައެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ މި ފިލްމުގެ ޓީޒާއާ ޓްރެއިލާ މިހާރު ވަނީ އާންމު ކޮށްފައެވެ. ޓީޒާގައި ފެންނަނީ ފޮއްޓެއް ހޯދަން ބަޔަކު ކުރާ މަސައްކަތެވެ. ޓީޒާގައި ބުނާ ގޮތުން އެއީ ވަރަށް މުހިންމު ފޮއްޓެކެވެ. އަދި އެއީ އެންމެންގެ ދިރިއުޅުމާ ގުޅުން ހުރި ފޮއްޓެކެވެ. އެ ފޮށީގެ މުހިންމުކަން އެންމެންނަށް ވެސް އެނގެ އެވެ.
ޓްރެއިލާއާއެކު ފިލްމަށް ކުރާ އިންތިޒާރު ވަނީ ބޮޑުވެފައެވެ. ޓްރެއިލާގައި ފެންނަ ގޮތުން އެންމެން ހޯދަން އުޅޭ ފޮއްޓަކީ ފައިސާ ހުރި ފޮއްޓެކެވެ. އެ ފޮށި ހޯދަން އުޅުމުގެ ތެރޭގައި ދިމާވާ އެކި ކަންކަން ޓްރެެއިލާ އިން ފެނި އެވެ. ޓީޒާއާ ޓްރެއިލާ ވެސް ނިމެނީ "ފޮށި ޗޯރު" އޭ ގޮވާ އަޑުންނެވެ. ޓްރެއިލާ އިން ވެސް ފިލްމު މަޖާ ވާނެ މިންވަރު ވަޒަން ކޮށްލެވެ އެވެ.
ފިލްމުގެ މައިގަނޑު ރޯލްތަކުން ފެންނާނީ އަހުމަދު ނިމާލާއި ޝީލާ ނަޖީބުގެ އިތުރުން އަހުމަދު ސައީދާއި އަލީ އާޒިމް (ދޮންއައްޔަ) އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިބްރާހީމް ރަޝީދު (ބްރޯ) އެވެ. މީގެ އިތުރުން ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާން ވެސް ފެނިގެންދާނެ އެވެ.
ޝަފީގްއާ ޔޫއްޕެގެ ކޮންމެ ފިލްމަކުން ހެން އާ އެކްޓަރުން / އެކްޓްރެސް އިން ތައާރަފު ކުރެއެވެ. އެގޮތުން މި ފިލްމުން ވެސް ތިން ފަންނާނަކު ތައާރަފު ކުރާނެ އެވެ. އެއީ މުހައްމަދު އީމާއުއާ ޝަހީދާ އަހުމަދާއި މޫސާ އަލީފް އެވެ.
ސްކްރީންޕްލޭ ލިޔެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޔޫއްޕެ އެވެ. ޕްރޮޑިއުސަރުންނަކީ ހެއްވާ މަޖާ ރީތި ފިލްމުތަކެއް ގެނެސްދިން އިސްމާއީލް ޝަފީގް އާއި ޒުވާން ޕްރޮޑިއުސަރު އަލީ ޝާނީޒް މުހައްމަދެވެ. އޭނާއަކީ މި ފަހުން ސްކްރީނަށް ގެނައި އެންމެ ރީތި އެއް ފިލްމު "ލޯބިވެވިއްޖެ" ގެ އެއް ޕްރޮޑިއުސަރެވެ.
މިއީ މި ފަހުން ސިނަމާ އިން ބަލާލަން ލިބޭނެ އެންމެ މަޖާ އެއް ފިލްމަށް ވާނެ އެވެ. އަވަހަށް ޖާގަ ކަށަވަރު ކުރަން އޮންލައިން ބުކިން ހަދާށެވެ.