ހުޅުމާލެއިން ގޯތި ކަނޑާ ސަަރަހައްދު ހިއްކަން ފަޅު ހުސްކުރަނީ

ހުޅުމާލެ ފަޅު ހިއްކަނީ 1،300 ގޯތިދޭށެވެ. މި ފަޅުން ދޭ ގޯތިތަކުގެ ގުރުނެގުން ދަނީ ކުރިއަށެވެ.

ހުޅުމާލެ ފަޅުން ހިއްކާ ސަރަހައްދު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ގޯތި ކަނޑާ ސަރަހައްދު ހިއްކަން ފަށަން ފަޅު ހުސްކުރަން އަންގައިފި އެވެ. 

އާބަންކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް ނަގަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައިގެން އެކަން އެނގުމަށް އެދިފައިވެ އެވެ. 

އެ ކުންފުނިން ބުނީ އެމައުލޫމާތު ސާފު ކުރުމަށްފަހު 10 ދުވަހުގެ ތެރޭގައި އުޅަނދެއްގެ ވެރިފަރާތުން އުޅަނދު ނަގަން އަންގާފައިވެ އެވެ. އަދި ނުނަގައިފިނަމަ އެ ކުންފުނިން ކުރިން އިއުލާނުކޮށްފައިވާ ކ. ތިލަފުއްޓާއި ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރާނެ ކަމަށްވެސް އަންގާފައިވެ އެވެ. 

ހުޅުމާލޭގެ ގޯތިތަށް ދޭ ގޮތް

ހުޅުމާލެ ފަޅުން ހިއްކަން ނިންމާފައިވަނީ މިހާރު ސަފާރީ އުޅަނދުތައް އަޅާފައިވާ ސަރަހައްދެވެ. ހިއްކަނީ ހުޅުމާލޭ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް ހިމެނޭ ވޯޓާ ކެނަލްތަކުގެ ހުޅަނގު އުތުރުކޮޅެވެ. ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ބްރިޖު އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާއެވެ.

ކުރިން ކުރޫޒްލައިން ޓާމިނަލް

ކްރޫޒްލައިން ޓާމިނަލް ސަރަހައްދަކީ ކުރިން ގޯތި ދޭން ޕްލޭނެކޮށްފައި އޮތް ތަނެއް ނޫނެވެ. އޭގެ ބަދަލުގައި ގޯތިދޭން ވަކި ސަރަހައްދެއް ކަނޑައަޅައި މީގެ ކުރިން ބިން ސާފު ވެސް ކޮށްފައިވެ އެވެ. ކްރޫޒްލައިން ޓާމިނަލްއަކީ ރާއްޖެއަކީ ކްރޫޒްލައިން މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޕްލޭނެކެވެ. އެތަނުގައި ޓާމިނަލް އެޅުމުގެ ގޮތުން އިންވެސްޓަރުން ހޯދަން އިއުލާނު ވެސް ކުރި އެވެ. އަދި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މިކަމަށް ޝައުގުވެރިވި ކަމަށް އެޗްޑީސީގެ ކުރީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް

1
450
ގަޅި މީހާ
8 months ago

ތި ނުވާނެ، ވެރިކަން ބަދަލްވީމަ ދެން އަންނަ ވެރިއަކު އަޅައެއްނުލާނެ. ނޫނީ މިހާރު ހުރި ވެރިޔާ ހޮވުނަސް ދައުރު ނިމެން ކައިރިވީމަ އުޅެގަނަނާނީ. ސޯ ޑިސް އެޕޮއިންޓިން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.