އިންޑިއާއިން ރާއްޖެއަށް 7115 ފޮތް ހަދިޔާ ކޮށްފި

އިންޑިޔާގެ ގިނަ އަދަދެއްގެ ޓީޗަރުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދެ އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ތައުލީމީ އެއްބާރުލުމަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ތަނބެކެވެ.

"އެންރިޗިން ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން އިންޑިއާއިން ރާއްޖެއަށް 7115 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ. 

ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވަނީ މާލޭގެ ޖަމާލުއްދީން ސްކޫލްގަ އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އެވެ. 

އެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މުނު މަހާވަރު ވަނީ އެޑިއުކޭޝަނާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި އޮފިޝަލުންނާއި ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންގެ މަންދޫބުންގެ ހާޒިރުގައި ފޮތްތައް މިނިސްޓަރު އައިޝަތު އަލީއާ ހަވާލުކޮށް ދެއްވާފަ އެވެ.

ހަދިޔާ ކުރި މި ފޮތްތަކަކީ މިދިއަ ޖެނުއަރީ މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ 215 ސްކޫލެއްގެ "އެންރިޗިން ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓަށް ހަދިޔާ ކުރައްވަން ނިންމެވި 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ފޮތް ބައެވެ. 

އިންޑިއާ އެމްބަސީން ބުނި ގޮތުގައި ހަދިޔާ ކުރި ފޮތްތައް ހިޔާރު ކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ.

އިއްޔެ އެ ހަފުލާގައި ސަފީރު މުނު މަހާވަރު ވިދާޅުވީ ދިވެހި ސަރުކާރުން ފަށާފައިވާ މި މަޝްރޫއާ އިންޑިއާ ގުޅުމަކީ އިންޑިޔާ ފަހުރުވެރިވާ ކަމެއް ކަމަށާއި ކުޑަކުދިންގެ މެދުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަކީ ހަމައެކަނި އިލްމު އިތުރުވުމުގެ އިތުރުން އެކުދިންގެ ވިސްނުމުގެ ފުރުސަތު ވެސް ފުޅާވެގެން ދާނެ ކަމެއް ކަމަށެވެ. 

މިނިސްޓަރު އައިޝަތު އަލީ ވެސް ވަނީ ފޮތް ކިޔުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންގެ ގާބިލުކަން އިތުރުވުމުގައި ފޮތް ކިޔުމުގެ ދައުރު ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ތައުލީމަށް އިންޑިޔާއިން ވެދޭ އެހީއާ ދޭ އެއްބާރުލުން ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ތައުލީމަށް އިންޑިއާގެ އެހީ - އިންޑިއާގެ ހިލޭ އެހީ އާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވްލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓް ސްކީމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮމިއުނިޓީ އޮރިއެންޓެޑް 65 ޕްރޮޖެކްޓްގެ ތެރެއިން ތައުލީމާ ގުޅުންހުރި ތަފާތު ޕްރޮޖެކްޓްތައް އެޑިއުކޭޝަނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ނ. އަތޮޅާއި އަދި ރ. އަތޮޅުގެ ދެ ސްކޫލެއްގައި ކްލާސްރޫމް އެޅުމާއި ފުވައްމުލަކާއި ކުޅުދުއްފުށީ ސިޓީގެ ދެ ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާ ކުރުމާއި ބ. އަތޮޅުގެ ސްޓޫޑެންޓް ފެރީ ފަދަ މަޝްރޫއުތައް ނިމިފައިވާއިރު، 67 ރަށެއްގެ ކުޑަކުދިންގެ ޕާކް އިކުއިޕްމަންޓާއި ގދ. އާއި ލ. އަދި ހއ. ގެ ތިން ސްކޫލެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމާއި، ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި ސްކޫލް ބަސް ހޯދައި ދިނުމާއި ތ. ވިލުފުށި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި ރާއްޖޭގެ ހުރިހާ ސަރުކާރުގެ ސްކޫލްގެ ކޮމްޕިޓަރު ލެބް އަޕްގްރޭޑް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި ކުޅިވަރާއި ޒުވާނުންގެ ތަރައްގީއަށް އަމާޒު ކޮށްގެން ހިންގާ އެކިއެކި މަޝްރޫއުތައް ހިނގަ އެވެ. އިންޑިޔާ - މޯލްޑިވްސް ކެޕޭސިޓީ ބިލްޑިން ކޯޕަރޭޝަންދަށުން، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ގިނަ އަދަދެއްގެ އެޑިއުކޭޓަރުންނާއި އެޑްމިނިސްޓްރޭޓަރުންނަށް، އިންޑިޔާގައި ކުރިއަށްގެންދާ އެކިއެކި ސްކީމްތަކާއި އިން ޕާސަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކުގެ ފައިދާ ހޯދައި ދެއެވެ. އަދި އިންޑިއަން ކައުންސިލް އޮފް ކަލްޗާ ރިލޭޝަންސް ގެ ސްކޮލަރޝިޕް ސްކީމްގައި ރާއްޖެ ހިމެނިފަިއވުމާއެކު، މިދިއަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 165 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައި ދިނެވެ. 

އިންޑިޔާގެ ގިނަ އަދަދެއްގެ ޓީޗަރުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދެ އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ތައުލީމީ އެއްބާރުލުމަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ތަނބެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.