ޕްރިޔާންކާގެ ދެމައިންގެ ފޮޓޯތަކަށް ސަމާލުކަން

މީހުންގެ ސަމާލުކަން އަންނަ ގޮތަށް ޕްރިޔާންކާއި ނިކް އެ މީހުންގެ ދަރިފުޅުގެ ފޮޓޯތައް ވަރަށް ހިއްސާ ނުކުރެ އެވެ. ނަމަވެސް މި ފޮޓޯތައް ވަނީ ވަރަށް ހިނގާފަ އެވެ.

ޕްރިޔާންކާ ދަރިފުޅު އުރާލައި އުންގަށްލައިގެން

ބޮލީވުޑާއި ހޮލީވުޑުގެ ވެސް ތަރިި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭނާގެ ދަރިފުޅު މަލްތީ މާރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯތަކެއް އޭނާގެ ފޭނުންނާ ހިއްސާ ކޮށްލައި ފޭނުން ހެއްވާލައިފި އެވެ.

ޕްރިއާންކާއި ޝެއާ ކޮށްފައިވާ ދަރިފުޅުގެ ފޮޓޯތަަކަށް ވަރަށް ގިނަ ބައެއް ސަމާލުކަން ލިބިފައި ވާއިރު އިތުރު ފޮޓޯތަކަށް އެދި ފޭނުން ގެންދަނީ ފޯރިގަދަކޮށް ކޮމެންޓް ވެސް ކުރަމުންނެވެ. އޭގެތެރޭގައި އެހެން ގިން ސެލެބްރެޓީން ވެސް ހިމެނެ އެވެ.

އެންމެންގެ މާ ބޮޑަށް ޔަގާވުމާއެކު ފަހުން ޕްރިޔާންކާން ވަނީ އޭނާގެ ތުއްތު އަންހެން ދަރިފުޅު މަލްޓީ މާރީ ޖޯނަސް އުނގަށްލައިގެން އިންނަ އާ ފޮޓޯއަކާއި ދަރިފުޅުގެ ކުޑަކުޑަ ދެފައިން ޕްރިޔާންކާ މޫނުގައި ބޮސްދީ ދެފައި ކާތާ މަންޒަރުގެ ހިމެނޭ ކްލޯޒް އަޕް ޝޮޓްތަކެއް އެންމެނަށް ދޫކޮށްލާފަ އެވެ.

ކުޑަ ދަރިފުޅުގެ ކުޑަކުޑަ ދެފައިން ޕްރިޔާންކާގެ މޫނުގައި ބޮސް ދެނީ

ފޭނުންގެ ތެރެއިން މީހުން ބުނެފައި ވަނީ އެއީ "ހަގީގަތުގައި ވެސް ލޯބިވާ މަޔަކާއި ދަރިއެއް" ކަމަށެވެ. އިތުރު ފޮޓޯތަކަށް އަދިވެސް ކެތްމަދުވެފައި ތިބި ކަމަށެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް އަންހެން ކުއްޖަކު ހޯދީ ޖެނުއަރީ މަހު ސެރޮގޭސީ މެދުވެރިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.