ބީއެމްއެލްގެ އެހީގައި ކެންސަރު ވޯޑެއް ހުޅުވައިފި

ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތައް ކުރަމުން އަންނަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވި އެވެ.

އޮންކޮލޮޖީ ވޯޑް ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން.

ގައުމީ ބޭންކް، ބީއެމްއެލްގެ އެހީގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އޮންކޮލޮޖީ ވޯޑް އެއް ވަނީ ހުޅުވައިފި އެވެ.

މި ވޯޑް އަކީ ކެންސަރުގެ ފަރުވާ އަށް ހާއްސް ވޯޑެކެވެ. މި ވޯޑު ހުޅުވައިދެއްވިީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތައް ކުރަމުން އަންނަމުންދާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް މިހާރު ލިބެމުންދާ ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސުލް ޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ސިއްހީ ހިދުމަތް ހޯދުމަށް އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް ރަށްރަށުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކޮށް، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު އެ ތަންތަނަށް އާ ހިދުމަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި އޮންކޮލޮޖީ ވޯޑުގައި އަށް އެނދު ހިމެނެ އެވެ. އަދި ބަލި މީހުންނަށް ހާއްސަ ދެ ފާހަނަ އާއި ނާސިން ސްޓޭޝަނާއި ވެއިޓިން އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯ ރޫމަކާއި އިދާރީ އޮފީީހެއް ވަނީ ގާއިމްކޮށްފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ހުޅުވިގެން ދިޔަ އޮންކޮލޮޖީ ވޯޑަކީ އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ދާއިރާއަށްވެސް ވަރަށް ބޭނުންތެރި މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ.

އަދި މި ވޯޑު މެދުވެރިކޮށް ރައްކާތެރި ފެންވަރު ރަނގަޅު ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދާނެކަމަށް އުންމީދު ކުރާ ކަމަށް ކާލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.