ގަން އެއާޕޯޓުގައި "އޮތެންޓިކް މޯލްޑިވްސް" ފިހާރައެއް ހުޅުވައިފި

57 ސަޕްލަޔަރުންނާއެކު ފެށި ނަމަވެސް މި މަރުކާގެ ދަށުން މިހާރު 250 އަށް ވުރެ ގިނަ އުފެއްދުންތެރިންނާއި ތިން ހާހަށް ވުރެ ގިނަ އުފެއްދުންތައް ވިއްކަމުންދެއެވެ.

ބިޒްނަސް ސެންޓަ ކޯފަރޭޝަނުން "އޯތެންޓިކް މޯލްޑިވްސް" ގެ އިތުރު ފިހާރައެއް އައްޑު އަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރާންސިޓް ލައިންޖުގައި ހުޅުވައިފި އެވެ. 

މި ފިހާރަ ހުޅުވީ 70 އަށް ވުރެ ގިނަ އުފެއްދުންތަކާއެކު އިއްޔެ ހަވީރު އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފްލާއެއްގައި ފިހާރަ ހުޅުވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. މިއީ މާލެއިން ބޭރުން ދެކުނު ސަރަހައްދުގައި ހުޅުވާ އެ  މަރުކާ / ބްރޭންޑްގެ ފުރަތަމަ ފިހާރަ އެވެ.

މި ފިހާރައިގެ ސަބަބުން

  •  އައްޑޫ އާއި ދެކުނުގެ އެހެން އަތޮޅުތަކުގެ އުފެއްދުންތެރިނަށް ފުރުސަތު ލިބޭނެ
  •  ރާއްޖެއާ ބޭރުގެ ބާޒާރުތަކުގައި ދިވެހި އުފެއްދުންތައް އިސްތިހާރުކޮށް ވިއްކޭނެ
  •  ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިތަކަށް ބާޒާރު ހޯދައި ދެވޭނެ

އޮތެންޓިކް މޯލްޑިވްސް ފިހާރަތަކެއް މިހާތަނަށް ހުޅުވާފައި ވެއެވެ. ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިއުޓީ ފްރީގަ އެވެ. ފަހުން ކުޑަވިލިނގިލި ރިސޯޓާއި ކްރޮސްރޯޑްސް މޯލްޑިވްސް ރިސޯޓުގައި ވެސް ފިހާރަ އެއް ހުޅުވާފައި ވެއެވެ. އަދި ޖަޕާންގެ ކަންސާ އާއި ނަރީތާ އެއާޕޯޓުގައި ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވެއެވެ.

މިއީ 57 ސަޕްލަޔަރުންނާއެކު މި މަރުކާގެ ފެށި ނަމަވެސް މިހާރު 250 އަށް ވުރެ ގިނަ އުފެއްދުންތެރިންނާއި ތިން ހާހަށް ވުރެ ގިނަ އުފެއްދުންތައް ވިއްކަމުން ދެއެވެ. އަދި މި އަހަރު ޖުލައި މަހުގެ ނިޔަލަށް އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ކުރެވުނު ވިޔަފާރީގެ ގޮތުގައި ދިވެހި އުފެއްދުންތެރިންނަށް 53 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.