އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ ޕްރޮޖެކްޓް ނައްތާލާނެ: ޝާހިދު

އެހެން ނަމަވެސް ޝާހިދު ވިދާޅުވީ އޭނާގެ ވާހަކައަކީ ތެދު ކަމަށާއި ޕީޕީއެމުން ވެރިކަމަށް އައުމަށް ރާވާފައި އޮތް ރޭވުމުގެ ތެރޭގައި އޮތީ "ހަނިމާދޫ އެއާޕޯޓު ނައްތާލުން،" ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޕީޕީއެމާއި ޕީއެންސީއަށް ވެރިކަން ލިބިއްޖެ ނަމަ ހަނިމާދޫ އެއާޕޯޓް މަޝްރޫއު ނައްތާލާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ޝާހިދު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ވެރިކަމަށް ލިބިވަޑައިގެންފި ނަމަ "ޕީޕީއެމުން ރާވާފައި އޮތީ ހަނިމާދޫ އެއާޕޯޓު ނައްތާލަން" ކަމަށާއި އެ މައުލޫމާތު އޭނާއަށް ލިބި ވަޑައިގެން ހުންނެވި ކަމަށެވެ.

ޝާހިދު އެހެން ވިދާޅުވެފައިވާއިރު ޑރ. މުހައްމަދު މުއިއްޒު އުތުރަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ވެރިކަން ލިބި ވަޑައިގެންފި ނަމަ، ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށެވެ.   

އެހެން ނަމަވެސް ޝާހިދު ވިދާޅުވީ އޭނާގެ ވާހަކައަކީ ތެދު ކަމަށާއި ޕީޕީއެމުން ވެރިކަމަށް އައުމަށް ރާވާފައި އޮތް ރޭވުމުގެ ތެރޭގައި އޮތީ "ހަނިމާދޫ އެއާޕޯޓު ނައްތާލުން،" ކަމަށެވެ.

"އެކަމުގެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. ރޭވުންތައް އެމީހުން ރާވަމުން ގެންދަނީ. މުޅި ހަނިމާދޫ ޕްރޮޖެކްޓް އެމީހުން އޮތީ ފެއިލްކޮށްލަން ނިންމާފައި،"

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.