ވެރިކަން ލިބިއްޖެނަމަ ފިލްމު ކުޅުމާއި މިއުޒިކު ކުޅުމުގައި ވެސް ބައިވެރިވާނަން: އިލްޔާސް

"ތިބޭފުޅުންނާއެކު މުނިފޫހިފިލުވުމުގައިވެސް ފިލްމު ކުޅުމުގައިވެސް ފިލްމު ބެލުމުގައިވެސް ރޭސް ޖެހުމުގައި ވެސް މިއުޒިކު ކުޅުމުގައިވެސް ތިބޭފުޅުންނާއެކު ޑާސް ކުުރުމުގައިވެސް އަޅުގަނޑު ހުންނާނަމޭ"

މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގަައި އިލްޔާސް ލަބީބު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދުވަސް

ވެރިކަން ލިބިވަޑައިގެންފިނަމަ ވެވަޑައިގަންނަވާނީ އެންމެންގެ ރައީސަކަށް ކަމަށާ އެއްވެސް ދާއިރާއެއްގެ ބަޔަކު މާޔޫސްކޮށް ނުލައްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު މިރޭ ވިދާޅުވެއްޖެ އެވެ.

އިލްޔާސްގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑިމޮކްރެޓްސް ނިކުމެ އޮތީ ހުރިހާ ގޮތަކުން ދިވެހީންނަށް ކުރިއެރުން ހޯދައިދިނުމަށެވެ.

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދިވެހީންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާ ހަމަޖެހުން ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެވޭނީ ޑިމޮކްރެޓްސްއަށް ކަމަށް ވިދާޅުވެ އެކަމުގެ ފުރިހަމަ ސިޔާސަތެއް މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ގޯތި ދިނުމާއި ތިބޭފުޅުންނަށް ގޯތީގައި ގެ އެޅޭނެ ގޮތް ހެދުމާއި ތިބޭފުޅުންނަށް ފްލެޓް ދިނުމާއި ފްލެޓް އެޅޭނެ ގޮތް ހެދޭނީ ފްލެޓް ދޮންބެގެ ޕާޓީއަށޭ. ފްލެޓް ދޮންބެގެ ދަރިވަރަކީ އަޅުގަނޑޭ. ގޯތިވެެސް ދޭނަމޭ، ފްލެޓް ވެސް ދޭނޭ،"

އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރަން ޖެހިފައިވަނީ އޭނާ ދުނިޔެއަށްވެސް އުފަން ނުވަނީސް ސިޔާސީ ކަންކަމުގައި އުޅެމުންދާ ބޭފުޅުންނާ ކަމަށާ އެފަދަ ބޭފުޅުންނާ ވާދަކުރަން ޖެހުމަކީ ލަދުވެތިވާ ކަމެއް ކަމަށެވެ. އެ ލީޑަރުންނަށް ރައްޔިތުންގެ ހިދުމަތުގައި އެ ރައްޔިތުން ބޭނުންވާ މަސައްކަތުގައި ނޫޅެވޭނެ ކަމަށް ވިދާޅުވި އެވެ.

އިލްޔާސްގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ

އަދި ވިދާޅުވީ ރާއްޖެ މިހާރު ބޭނުންވަނީ ހެނދުނާއި ތެދުވެ މަަސައްކަތް ފެށޭނެ ލީޑަރެއް ކަމަށެވެ. އެއީ އޭނާ ކަމަށްވެސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ ހުރިހާ އެންމެންގެ ރައީސަކަށް ކަމަށެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި މުނިފޫހިފިިލުވުމުގެ ދާއިރާގައި އުޅޭ މީހުންނާއި މިއުޒިކް ކުޅޭ މީހުންނާއި ރޭސް ޖަހާ މީހުންނާއެކު އެކަމުގައިވެސް އުޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުންނާއެކު މުނިފޫހިފިލުވުމުގައިވެސް ފިލްމު ކުޅުމުގައިވެސް ފިލްމު ބެލުމުގައިވެސް ތިބޭފުޅުންނާއެކު ރޭސް ޖެހުމުގައި ވެސް ތިބޭފުޅުންނާއެކު މިއުޒިކު ކުޅުމުގައިވެސް ތިބޭފުޅުންނާއެކު ޑާސް ކުުރުމުގައިވެސް އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު ފުޓްބޯޅަ ވެސް ކުޅޭނަމޭ މެރެތަން ދުވަން ވިޔަސް އަޅުގަނޑަށް ވުރެ ބާރަކަށް ނުދެވޭނެ،"

އިލްޔާސް ތަކުރާރުކޮށް ވިދާޅުވީ އޭނާއާ އަރާ ހަމަކުރެވޭނެ ލީޑަރަކު ރިޔާސީ ރޭހުގައި ނެތް ކަމަށެވެ. އަދި ޑިމޮކްރެޓްސް ނިކުތީ ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަން ކަމަށާ ރެއާއި ދުވާލު ސައުވީސް ގަޑިއިރު މަސައްކަތް ކުރައްވާނީ އެ ބަދަލު ގެންނެވުމަށް ކަމަށެވެ.

ކޮމެންޓް

1
450
އާދަނުބޭ
9 months ago

ވެރިކަންލިބިއްޖެނަމަ، ދީން ވެސް ދޫކޯށްފާނެ ތިޔަ ދާވަރުންދަންޏާ. މުދަލާ ދަރިންނަކީ ދުނިޔޭގެ ޒީނަތެއް. ތިމާކުރި ހެޔޮ އަމަލަކުން ނޫނީ ތިމާއަށް އާހިރަތުގައި ފައިދާއެއްނޯންނާނެ. އެދުވަހުން ތިމާގެ ނަފްސު އެކަނި. ސަޕޯޓާރުނުންނެއް ނުތިބޭނެ. މަތިވެރި އިލާހުގެ ދަރުބާރުގައި ނިކަމެތި އިންސާނ ޖަވާބުދާރީވާންޖެހޭނޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.