"ރާއްޖެއާ ދިވެހި ގައުމިއްޔަތު ސަލާމަތް ކުރެެވޭނީ ޕީޕީއެމަށް"

އޭނާ ވިދާޅުވީ މި ގައުމު ސަލާމަތް ކުރަން ބޭނުންވާނަ ދިވެހި ރައްޔިތުން މި ކަމާ ތެދުވާން ޖެހޭ ކަމަށެވެ. ގައުމިއްޔަތު އިސްކޮށް، އިސްލާމް ދީނާއި، ދިވެހި ބަސް ހިމާޔަތްކޮށްގެން ނޫނީ ގައުމުގެ މުސްތަގުބަލު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު

ދެން ރާއްޖެ އާއި ދިވެހި ގައުމިއްޔަތު ސަލާމަތް ކުރެެވޭނީ ދިވެހި ސަރުކާ ހިންގަން ޕީޕީއެމާއި ޕީއެންސީއަށް ފުރުސަތު ދީގެން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ ކެމްޕޭނުގައި އުތުރުގެ ހއ. އިހަވަންދޫއަށް ވަޑައިގެން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް އިންތިހާއަށް ބުރޫ އަރާފައިވާ ކަމަށާއި ރާއްޖެ ސަލާމަތް ކުރެވޭނީ ގައުމީ ފިކުރުގައި މަސައްކަތް ކުރާ ޕީޕީއެމާއި ޕީއެންސީއަށް އެ މަސައްކަތް ކުރާނެ ފުރުސަތު ދީގެން ކަމަށެވެ. 

"އަޅުގަނޑު ހިތުން މި ގައުމު ސަލާމަތް ކުރެވޭނެ ހަމަ މަގު އެއީ. އެހެން ނޫނީ މި ފެންނަ ގޮތަށް ކަންކަން ދާން ދޫކޮށްލައިފިއްޔާ ދެން ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތު އޭގެ ހަގީގީ މާނައިގައި އަޅުގަނޑުމެންނަކަށެއް އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެ". މުއިއްޒު ވިދާޅުވި އެވެ.  

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔައި ދޭން އެމްޑީޕީންވެފައިވާ ވައުދަށް އިޝާރާތް ކުރައްވާ  މުއިއްޒު ވިދާޅުވީ ދިވެހި ބަހުގެ ބަދަލުގައި އިސްލާމް މާއްދާ އިނގިރޭސީން ކިޔަވަދޭން އުޅުމަކީ ގައުމިއްޔަތު ގެއްލުވާލުމުގެ މަސައްކަތް ފެށުން ކަމަށެވެ. 

އޭނާ ވިދާޅުވީ މި ގައުމު ސަލާމަތް ކުރަން ބޭނުންވާނަ ދިވެހި ރައްޔިތުން މި ކަމާ ތެދުވާން ޖެހޭ ކަމަށެވެ. ގައުމިއްޔަތު އިސްކޮށް، އިސްލާމް ދީނާއި، ދިވެހި ބަސް ހިމާޔަތްކޮށްގެން ނޫނީ ގައުމުގެ މުސްތަގުބަލު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގައުމީ ފިކުރުގެ މީހުނަށްވާއިރު، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ، ގައުމު މުސްތަގުބަލު ޔަގީން ކުރަން އެބަ ޖެހޭ، އުޖާލާ ކުރުމުގެ ނިންމުން ނިންމަން އެބަ ޖެހޭ."

އިސްލާމް މާއްދާ އިނގިރޭސީން ކިޔަވައިދޭން އެމްޑީން ގެންގުޅޭ ސިޔާސަތުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އު ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.