ފާރިސް ވައުދުވަނީ ބަރަހަނާ ސައިޓް ބްލޮކްކޮށް ފެނާއި ކަރަންޓާއި ކާޑު އަގުހެޔޮ ކުރުމަށް

ފާރިސްގެ މެނިފެސްޓޯ ލޯންޗު ކޮށްފައި ވަނީ ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި މިރޭ ބޭއްވި ހާއްސަ ބައްދަލްވުމެއްގައެވެ. މެނިފެސްޓޯ ލޯންޗު ކޮށްދެއްވީ ފާރިސް މައުމޫނާއި އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން: މި ފަހަރުގެ އިންތިހާބަށް ނިކުންނެވީ އަމިއްލަ ގޮތުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންގެ މެނިފެސްޓޯ މިރޭ ލޯންޗު ކޮށްފި އެވެ.

ފާރިސްގެ މެނިފެސްޓޯ ލޯންޗު ކޮށްފައި ވަނީ ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި މިރޭ ބޭއްވި ހާއްސަ ބައްދަލްވުމެއްގައެވެ. މެނިފެސްޓޯ ލޯންޗު ކޮށްދެއްވީ ފާރިސް މައުމޫނާއި އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.

މެނިފެސްޓޯގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި ބައިނަލްއަގްވާމީ އުސޫލުތަކާއި އެއްގޮތަށް ހެޔޮވެރިކަން ކުރުމަށާއި އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގްތިސާދީ އިންގިލާބާއި ޑިޖިޓަލް އިކޮނުމީ އަދި އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ހައްލު ހޯދުމާއި އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަ ކުރުމާއި ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ ގެނައުމާއި ޖަލަކީ އެންމެ ފަހު ފިޔަވަޅުގެ ގޮތުގައި ހިމެނުމަށް ނިންމާ އެކަމާއި ގުޅޭ ސިޔާސަތުތައް ހިމަނާފައިވެއެވެ.

އަދި ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަކި ގިންތި އެއްގެ ގޮތުގައި ތަފާތުކޮށް ކަނޑައެޅުމާއި އާންމުން އަތުން ނަގާ ޓެސްގެ އަދަދު ލުއި ފަސޭހަ ކުރުމާއި ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެ ގޮތް ހެދުމާއި ތައުލީމީ ނިޒާމު އިސްލާހު ކުުރުމާއި ރައްޔިތުންގެ މަޖިލީސް އިސްލާހު ކުރުމާއި މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުމަށް ވެސް ގިނަ ސިޔާސަތުތަކެއް ހިމަނާފައިވެއެވެ.

މީގެ އިތުުރުން މިންތީގެ ހަމަހަމަކަމަން ގާއިމު ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ވައުދުތަކަކީ؛

  •  ފަތުވާ މަޖިލީސް ބާރުވެރި ކުރުވުން
  •  ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކުރުން
  •  ބަރަހަނާ ސައިޓްތައް ބްލޮކްކުރުން
  •  ރާއްޖެ ޑިޖިޓަލް ފައިނޭންޝިއަލް ހަބަކަށް ހެދުން
  •  ޑިޖިޓަލް ބޭންކިންއާ ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސް ދޫކުރުން
  •  މަގާމުތަކަށް ފަންނީ މީހުން އައްޔަން ކުރުން
  •  ބޭކާރު ހަރަދު ކުޑަކުރުން
  •  ފެނާއި ކަރަންޓާއި ކާޑުގެ އަގު ހެޔޮކުރުން
  •  އަގުހެޔޮ ބޯހިޔާވަހިކަމެއް
  •  ޒަމާނީ ވިޔަފާރިތައް ރާއްޖެއަށް ތައާރަފު ކުރުން
  •  ހާފްވޭ ހައުސްތައް އެޅުން
  •  އަންހެނުންނަށް ހާއްސަ ރީހިބިލިޓޭޝަން ސެންޓަރުތަކެއް އެޅުން
  •  ގެސްޓް ހައުސްތަކުން ނަގާ ޓެކްސް ކުޑަކުރުން
  •  ޖީއެސްޓީ ތިން ޕަސެންޓަށް ކުޑަކުރުން
  •  ކައުންސިލްތައް ބާރުވެރި ކުރުން

ފާރިސްގެ މެނިފެސްޓޯގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށާއި ކުދީންގެ އަހުލާގު ރަނގަޅު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމާއި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވެސް ހިމަނާފައިވެއެވެ.

މެންބަރުން ވަކިކުރެވޭނެ

ފާރިސްގެ މެނިފެސްޓޯގައި މަޖިލީސް މެންބަރުން މަގާމުން ދުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި މަޖިލީހުގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް ހިމަނާފައިވެއެވެ.

އަދި މެންބަރުންގެ މުސާރަ މަޖިލީހަށް ކަނޑަނޭޅޭ ގޮތް ހެދުމާއި އާބާދީއާ އެއްވަރަށް މެންބަރުންގެ އަދަދު މަދުކުރުމަށް ހިމަނާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑުއުފުލޭނެ މަގު ފަހިކޮށްދޭން ކޯޓާއެއް ތައާރަފުކުރުމަށް ވެސް ހިމަނާފައިވެއެވެ.

ކޮމެންޓް

1
450
އަސްކޮއި
8 months ago

ބޭކާރު ހަރަދު ކުޑަކުރުން - ހަހހަހަހ ހީހީ ހަލާކް، ޖީބަށް އަޅާފަ ނޯންނާނެ އެކައްޗެއްވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.