ޖަޕާނުގެ ކޯޑެން ބްރޭންޑް ވެންޓިލޭޓަރަކީ ދުނިޔޭގައި މަޝްހޫރު އެއް އުފެއްދުމެވެ. މިއީ ޔޫރަޕުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް ބޭނުން ކުރާ އުފެއްދުމެކެވެ.
ދުނިޔޭގައި ކުރިއަރާފައިވާ އަދި ޖަޕާން ގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑް ގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރު އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދު ވެސް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރު ސްޓޭޓް ފޯ ހެލްތް އަހްމަދު އާދިލް އާއި ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގަތެވެ.
ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ޖަޕާނުގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރަކީ ޖަޕާނުގައި އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.
ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާރޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.
ރާއްޖެ އަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މިމަހުގެ 14 ން 16 އަށް ކުރިޔަށް ގެންދާނެ އެވެ. މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓާއި ޖީ ފައިވް މޮނިޓަރުގެ ފީޗަސްތަކާއި އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލި މީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެން ދާނެ އެވެ.