އާސަންދަ ބަޖެޓު ހުސް، ސަބްސިޑީއާއެކު ހަރަދު ހަތަރު ބިލިއަނަށް

އާސަންދައަށް ހަރަދު ކުރަން އެއް ބިލިއަން ރުފިޔާ ދިން ނަމަވެސް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ އާސަންދައިގެ ހަރަދު އުޅެނީ 959.7 މިލިއަން ރުފިޔާގަ އެވެ.

އާސަންދަ އޮފީސް : ހިލޭ ބޭސް ފަރުވާގެ ބަޖެޓު ހުސްވެ ސަބްސިޑީއަށް ބޮޑު ހަރަދެއް ދަނީ ކުރަމުން -- އާސަންދަ

މި އަހަރު ހަރަދު ކުރަން ފާސް ކުރި އާސަންދައިގެ ބަޖެޓު ހުސްވެ، ސަބްސިޑީއާއެކު ޖުމްލަ ހަރަދު ހަތަރު ބިލިއަން ފަހަނަ އަޅައިފި އެވެ. 

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން އާސަންދައަށް ހަރަދު ކުރަން މި އަހަރު އެއް ބިލިއަން ރުފިޔާ ދިން ނަމަވެސް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ މި ބަޖެޓުން ހަރަދު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ އާސަންދައިގެ ހަރަދު އުޅެނީ 959.7 މިލިއަން ރުފިޔާގަ އެވެ. 

އާސަންދައިގެ އިތުރުން އެންމެ ބޮޑަށް ހަރަދުތައް އިތުރު ވެގެން ގޮސްފައި ވަނީ ސަރުކާރުން ދޭ ސަބްސިޑީގެ ބަޖެޓެވެ. މި ބަޖެޓުގެ ޖުމްލަ ހަރަދު މިހާރު ހުރީ 2.5 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރު ހަރަދު ކުރަން ފާސް ކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. 

ސަބްސިޑީ އާއި އާސަންދައިގެ ހަރަދުތައް މަތިވެގެން ދިއުމުގެ ނަތީޖާއަކީ މި ދެބައި އެއްކޮށް ބަލާނަމަ ޖުމްލަ ހަރަދު 3.8 ބިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް އަރައިގެން ދިއުމެވެ. 

މި ދެ ބައިގެ ހަރަދު މަތިވެގެން ދިޔައިރު ހަރަދު ބަޖެޓުން ބޮޑު އަދަދެއް މިހާރު ވަނީ ހޭދަވެފަ އެވެ. މި އަހަރު ހަރަދު ކުރަން ފާސްކުރި ޖުމްލަ ބަޖެޓަކީ 40.7 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓުގެ 69 ޕަސެންޓް ވަނީ ހަރަދުވެފަ އެވެ.  އެއީ 26 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

1
450
ދުވާފަރު އަލީ
9 months ago

ހުސްނުވާ އާސަންދަ އަށް ކިހިނެއް މި ވީ. ބޮޑުން ނަށް ގައިގަ ބިއްސެއްޖަހާލިޔަސް އާސަންދަ އިން ރާއްޖެ އިން ބޭރުން ފަރުވާކުރެވޭ، ނިކަމެތި މީހާ ތެޅި ތެޅި އަވަދި ވާފަހުން ރާއްޖެ އިން ބޭރަށްދެވެނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.