އިންޓަނެޓު އަގު ބޮޑުވެގެން މިހާރު ޝަކުވާއެއް ނުކުރޭ

ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރީ 2021 ވަނަ އަހަރު އެވެ. އަގަށް ގެނައި ބަދަލާއެކު ޖީބީއެއް ފަް ރުފިޔާއަށް އަގު ތިބިވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމުގެ ކުރީގައި ޝަކުވާ އިންތިހާއަށް ލިބުނުނަމަވެސް މިހާރު އިންޓަނެޓުގެ އަގު ބޮޑުވެގެން އިންޓަނެޓު ލަސްކަމުން ޝަކުވާ ނުލިބޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އިންޑިއާގެ ރިލަޔަންސް ކުންފުނިން ދުނިޔެ ވަށައި އަޅާ ކޭބަލްގެ ކޮޅު ރާއްޖެއަށް ގުޅާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މީގެ ދެއަހަރު ކުރިން ސޯޝަލް މީޑިއާ އަށް ވަންނަން ޖެހިލުންވާ ހިސާބަށް އިންޓަނެޓުގެ މައްސަލާގައި ދިޔަ ކަމަށެވެ. 

"އަގު ބޮޑުވުމުގެ މައްސަލަ އާއި ޓްރޮޕްވާ ވާހަކައާއި ސްޕީޑް ދައްވާ ވާހަކަ އާއި މިހާރު އަށެއް އެއްގޮތަކަށްވެސް ނީވެ. އެ ވައުދު [އިންޓަނެޓު ހެޔޮ ކުރުމު] ގެ ވައުދު ފުއްދުމަށްފަހު މިހާރު މި ކުރާ ކަމަކީ އިންޓަނެޓުގެ ސްޕީޑް މިހާރަށްވުރެ ހެޔޮވުވުމާއި ޖެން ޒުވާނުންނަށް އިގްތިސޯދީ ގޮތުން ކުރިއަރައިގެން ދިއުން. މިހާރު ގޭމާސް އަކަށް އިންޓަނޭޝަނަލީ ކޮމްޕީޓެއް ނުކުރެވޭ. އެކަމަކު މި ކޭބަލްގެ ސަބަބުން އިރާދުކުރެއްވިއްޔާ އިންޑިއާގައި ހުންނަ ގޭމާއެކޭ އެމެރިކާގައި ހުންނަ ގޭމާއެކޭ އެއް ފެންވަރުގައި އަޅުގަނޑުމެންގެ ގޭމާސްއަށް ކޮމްޕީޓް ކުރެވިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ. 

އިންޓަނެޓުގެ އަގު ހެޔޮ ކުރުން - ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އަގަށް ގެނައި ބަދަލާއެކު އެވްރޭޖްކޮށް ޖީބީއެއްގެ އަގު 5 ރުފިޔާއަށް ދަށްވި އެވެ. އެއީ ކުރިން އިންޓަނެޓް ލިބެމުން ދާ އަގުގެ 20 ޕަސެންޓުގެ ހެޔޮ އަގެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.