ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިންގެ ފުރުސަތުތައް

ޝަރިއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކުރެވިފައިވާ، ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގް ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޯށްދެމުންނެވެ.

އަންނަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ފަށާ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ބެންކް އިން ލިބެން ހުރި ފައިނޭންސިން ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ އެވެ.

މި އަހަރުގެ ބާއްވާ ލިވިންގް އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަދުވަހުގެ ނިޔަލަށެވެ. 

މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިރު އޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ލިވިން އެކްސްޕޯގައި ކަސްޓަމަރުން ބީއެމްއެލް އިސްލާމިކް ސްޓޯލުން ބެންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސް ފެސިލީސްތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. 

ޝަރިއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާ ކުރެވިފައިވާ، ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގް ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޯށްދެމުންނެވެ.

ބީއެމްއެލް އިސްލާމިކް އިން ދާދި ފަހަކުން ދޫކުރަން ފެށި ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް ވެސް 24 މަހާ ހަމަޔަށް އިތުރު ކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން ގެދޮރު ގަންނަ ފަރާތްތަކަށް ފައިނޭންސިން އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.