އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 އަށް ހަމަވެފައިވާއިރު ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. އަދި އަމިއްލަ ގޮތުން ވެސް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަށް ކެންޑިޑޭޓަކު ފޯމް ހުށައަޅުއްވައިފި އެވެ. މިއީ މިހާތަނަށް ރިޔާސީ އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާ ފަހަރެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 އަށް ހަމަވެފައިވާއިރު ފަސް ޕާޓީއަކުން ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. އަދި އަމިއްލަ ގޮތުން ވެސް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ.
ކެންޑިޑޭޓުންގެ ފޯމް ހުށައެޅުއްވުމުގެ ކުރީން ރަނިންމޭޓުން ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
އިންތިހާބުގައި ވާދަކުރައްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްްވީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރަނިންމޭޓެއްގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިހްތިޔާރު ކުރައްވާ ފޯމް ވެސް ހުށައެޅުއްވި އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށައެޅުއްވި އެވެ. ނަމަވެސް ކޯޓުން ވެސް ނާކާމިޔާބުވެވަޑައިގަތީ އެވެ.
މާދަމާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނެ އެވެ. އަދި މަސް ދުވަސް ކެންޑިޑޭޓް ނަންބަރާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ރިޔާސީ އިންތިހާބު އޮތީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އެވެ.
މި ފަހަރުގެ އިންތިހާބު ވާނީ އެންމެ ވާދަވެރި އެއް އިންތިހާބަށެވެ. މިއީ ގިނަ ޕާޓީތައް ވާދަކުރެވޭ ގޮތަށް ބޭއްވޭ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.