ޕާކިސްތާނުގެ ރޭލު އެކްސިޑެންޓްގައި 30 މީހުން މަރުވެއްޖެ

މީގެ ކުރިން 2021 ވަނަ އަހަރު ސިންދު ޕްރޮވިންސްގައި ދަތުރުކުރަމުން ދިޔަ ދެ ރޭލެއް ޖެހި، 40 މީހުން މަރުވެ، ދިހަވަރަކަށް މީހުން ޒަހަމްވެފައިވެއެވެ. އަދި 2013 އާއި 2019 އާ ދެމެދު މިފަދަ ހާދިސާތަކުގައި 150 މީހުން މަރުވެފައިވެ އެވެ.

ޕާކިސްތާނުގައި ރޭލު އެކްސިޑެންޓް ހިނގާފައި: މި ހާދިސާފައި 30 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިވޭ

ޕާކިސްތާނުގެ ދެކުނުގައި ފަސިންޖަރު ރޭލެއް، ރޭލުދަނޑިން ކަހާލައި ފުރޮޅައިލުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި 30 މީހުން މަރުވެ 100 މީހުން ޒަހަމް ވެއްޖެ އެވެ.

ހަޒާރާ އެކްސްޕްރެސްގެ ރޭލު ފުރޮޅާލީ އެންމެ ބޮޑު ސިޓީ ކަރާޗީއާ ގާތްގަނޑަކަށް 275 ކިލޯމީޓަރު ދުރުގައި އޮންނަ ނަވާބްޝާހުގެ ސަހަރާ ރޭލްވޭ ސްޓޭޝަން ކައިރިންނެވެ. 

ރޭލު އެކްސިޑެންޓްގައި ޒަހަމްވި ފަސިންޖަރުން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ. ރެސްކިއު ޓީމުތަކުން ދަނީ ބުރިބުރި ވެފައިވާ ބައިތަކުގެ ތެރޭ ތާށިވެފައިވާ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގި ތަނުގައި ދިހަވަރަކަށް މީހުން ތިބިއިރު، ފުނޑުފުނޑުވެފައިވާ ރޭލުގެ ބައިތަކުން ބައެއް ފަސިންޖަރުން ވިއްސައިގެން ގޮސްފައި ވެއެވެ. ސަލާމަތްވި އެއް ފަސިންޖަރެއް ކަމަށްވާ ނާސިރު އަހުމަދު ބީބީސީއަށް ކިޔައިދިން ގޮތުގައި އެތައް އަންހެނަކާއި ކުޑަކުދިންނެއް ވެއްޓިފައި ތިއްބާ އޭނާއަށް ވަނީ ފެނިފަ އެވެ.

"އެމީހުން ހަޅޭއްލަވައި ހަދަމުން ދިޔަ، ހަދާނެ ގޮތެއް ނޭނގުނު!" ނާސިރު އަހުމަދު ބުންޏެވެ. އަދި ނާސިރު ބުނީ އެ އެކްސިޑެންޓުން އޭނާ ސަލާމަތްވީ ކުޑަދޮރުން ބޭރަށް ފުންމާލުމުން ކަމަށެވެ.

ދަރިފުޅާއެކު ރޭލުގައި އިން އަސްލަމް ބުނީ އެ މީހުން ނިދާފައި ތިއްބާ ކުއްލިއަކަށް ތިރިވަމުން ގޮސް ރޭލު އެކްސިޑެންޓްވީ ކަމަށެވެ.

ޕާކިސްތާނުގެ ރޭލު އެކްސިޑެންޓް

ރޭލްވޭ މިނިސްޓަރު ސާދު ރަފީގު ވިދާޅުވި ގޮތުގައި ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި ރޭލު ދަތުރު ކުރަމުން ދިޔައީ އާދައިގެ ސްޕީޑެއްގަ އެވެ. ރޭލުދަނޑިން، ރޭލު ނެއްޓުނީ ކޮން ސަބަބަކާ ހުރެކަން ކަށަވަރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ މެކޭނިކަލް ފޯލްޓެއް ނުވަތަ އިހުމާލެއްގެ ނަތީޖާ ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަރާޗީގައި ހުންނަ ރެއިލްވޭގެ ތަރުޖަމާނަކު ވިދާޅުވީ މަދުވެގެން ރޭލުގެ އަށް ބައެއް ރޭލުދަނޑިއާ ވަކިވެ ފައިބައިގެން ގޮސްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ރޭލު ނިޒާމުގެ ތެރެއިން ހިނގާ އެކްސިޑެންޓްތައް ގިނަ އެވެ. އެހެންވެ އެއީ އެހާ އާދަޔާ ހިލާފު ކަމަކަށް ނުވެއެވެ. މީގެ ކުރިން 2021 ވަނަ އަހަރު ސިންދު ޕްރޮވިންސްގައި ދަތުރުކުރަމުން ދިޔަ ދެ ރޭލެއް ޖެހި، 40 މީހުން މަރުވެ، ދިހަވަރަކަށް މީހުން ޒަހަމްވެފައި ވެއެވެ. އަދި 2013 އާއި 2019 އާ ދެމެދު މިފަދަ ހާދިސާތަކުގައި 150 މީހުން މަރުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.