ޖޫންގެ ނިޔަލަށް 526 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. ނަމަވެސް ގްރީން ފަންޑުން ޖޫންގެ ނިޔަލަށް 287.7 މިލިއަން ރުފިޔާ ހަރަދު ވެސް ކޮށްފައިވެ އެވެ. ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ކުނީގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ނަގަން ފެށި ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ ގްރީން ފަންޑުގެ ބެލެންސު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.
ގްރީން ފަންޑުގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ގްރީން ފަންޑުގެ ބެލެންސެއްގެ ގޮތުގައި ހުރީ 1,012,626,120 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް މި ފަންޑުގެ ބެލެންސުގެ ގޮތުގައި ހުރިކަމަށް ދައްކަނީ 774 މިލިއަން ރުފިޔާ އެވެ.
މި ފަންޑަށް މި އަހަރުގެ ޖޫންގެ ނިޔަލަށް 526 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ. ނަމަވެސް މި ފަންޑުން ޖޫންގެ ނިޔަލަށް 287.7 މިލިއަން ރުފިޔާ ވަނީ ހަރަދުވެސް ކޮށްފަ އެވެ.
ޖޫން އަށް ވަކިން ބަލާނަމަ އެ މަހު 50,2 މިލިއަން ރުފިޔާ ވަނީ މި ފަންޑަށް ޖަމާވެފަ އެވެ. މީގައި ހިމެނެނީ ރިސޯޓްތަކާއި ގެސްޓްހައުސް އަދި ހޮޓާތަކުން ޖަމާވި 49 މިލިއަން ރުފިޔާ އާއި ސަފާރީތަކުން ގްރީން ޓެކުހަށް ލިބުނު 883,055.8 ރުފިޔާ އަދި ހޯމްސްޓޭ އިން ގްރީން ޓެކުހަށް ދެއްކި 460.8ރ. އެވެ.
ގްރީން ފަންޑަށް ޖޫންގައި 50 މިލިއަން ލިބުނު ނަމަވެސް އެ މަހު މި ފަންޑުން 26,2 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ނަގާފަ އެވެ. އެހެންވެ މިދިޔަ މަހު ފަންޑުގެ ބެލެންސުގައި ހުންނާނެ ކަމަށް ބެލެވެނީ 24 މިލިއަން ރުފިޔާ އެވެ.