ޔާމީން ދައްކަވަން ޖެހޭ ފަސްމިލިއަން ޑޮލަރު ހޯދަން ދައުލަތުން ކޯޓަށް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އެ އޮފީހުން މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރަށް ޖަލަށްލާ ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން ދައުލަތުން ކޯޓަށް ހިނގަައްޖެ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިރޭ ބުނީ މއ. ކާމިނީހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމުގެ ދަށުން ދައްކަންޖެހޭ 5،000،000 ޔޫއެސް ޑޮލަރު ހުކުމުގައި ބުނާ މުއްދަތުގައި ރައީސް ޔާމީން ދައްކާފައިނުވާ ކަމަަށެވެ.

އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާ އެއްގޮތަށް ވެސް ޔާމީން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. 

އެހެން ކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އެ އޮފީހުން މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް

1
450
މުޖުތާޒު
9 months ago

ޢެ މަސްއަލާމިހާރުއޮތީ އިސްތިއުނާފައްހުށައަޅާފަ އިސްތިއުނާފީ މަސްއަލަ ނިމުނީމާ އެފައިސާ ދައްކަންޖެހޭނަމަ ޔާމީނު އެފައިސާދައްކަވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.