ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހާއި ނާޒިމް ކެންޑިޑެސީ ހުށައެޅުއްވީ މިއަދު ހެނދުނު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަައެޅުއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލަައިގެންފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހާއި ނާޒިމް ކެންޑިޑެސީ ހުށައެޅުއްވީ މިއަދު ހެނދުނު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހާއި ނާޒިމް ހުށައެޅުއްވި މައުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ދެ ބޭފުޅުން ކަމުގައި ބަލައި ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ ގަބޫލު ކޮށްފައިވާ ކަމަށެވެ.
ހަބީބު ވަނީ ކެންޑިޑެސީ ހުށައެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރު ފަހު 2:00 ކަމުން ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ އެޕްލިކޭޝަން ފުރިހަމަ ނުވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ ވަގުތު އޮއްވާ މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުއްވުމަށް އެދިފައެވެ.
އަދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބު ވެސް ވަނީ މިއަދު ފޯމް ހުށައަޅުއްވާފައެވެ.