އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރައްވާއިރު، އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ ނާޒިމް އެވެ. ފޯމާ ހަވާލުވެވަޑައިގަތީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރައްވާއިރު، އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރެވެ.
ނާޒިމް ވިދާޅުވެފައި ވަނީ އޭނާގެ ރަނިންމޭޓަކަށް ބޭފުޅަކު ނެންގެވުމުގައި އެންމެ ބޮޑަށް ބެއްލެވީ މިވަގުތު ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ފަންނުވެރި ބޭފުޅަކަށް ކަމަށެވެ. އަދީލަކީ ތައުލީމީ ދާއިރާގައި 25 އަހަރު ހޭދަކޮށްފައިވާ ބޭފުޅެއް ކަމަށާ ރާއްޖެއަށް މިހާރު ބޭނުންވަނީ ތައުލީމީ ގާބިލް ބޭފުޅުން ކަމަށެވެ.
ނާޒިމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ޕާޓީން ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތި ލެއްވީ ނާޒިމް އެކަންޏެވެ. އެހެންވެ، އިންތިހާބަކާ ނުލާ އޭނާއަށް ވަނީ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.
މިއަދު ނާޒިމްގެ ފޯމު ހުށަހަޅުއްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބް ވެސް މިއަދު މެންދުރު ފަހު ފޯމު ހުށަހަޅުއްވާނެ އެވެ.
މީގެ ކުރިން ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޯމު ހުށަހެޅުއްވި ނަމަވެސް، އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އީސީން ވަނީ ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފަ އެވެ. އެ ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ނާޒިމްއަކީ ދިވެހިން ބޭނުންވާ ފަދަ ހިންގުންތެރި ވެރިއެއް، މެގޭ ވޯޓް ނާޒިމްއަށް
ނާޒިމްއަކީ ދިވެހިން ބޭނުންވާ ފަދަ ހިންގުންތެރި ވެރިއެއް، މެގޭ ވޯޓް ނާޒިމްއަށް