އޭޝިއާގެ ބައެއް ގައުމުތަކަށް ތޫފާނުގެ އަސަރު

ފިލިޕީންސްގައި ވެސް ފެން ބޮޑުވެފައި ވެއެވެ. ވެރިރަށް މެނިލާ އާއި ބުލާކަން އާއި ޕަމްޕަންގާގައި ފެންބޮޑުވެ ގެއްލުމާ ކުރިމަތިލާން ޖެހިފައި ވާއިރު އިންޑިއާއަށް ތޫފާން ޖެހިފައި ވެއެވެ.

އުތުރު ޕެސިފިކްގެ ތޫފާން ސީޒަންގެ ތެރެއިން އަންނަ ނަގޫރޯޅިތަކާއި ކޮޅިގަނޑުތަކާއި އެކި ވަރަށް ބާރުގަދަވާ ތޫފާންތަކުގެ ސަބަބުން އޭޝިއާގެ ބައެއް ގައުމުތަކަށް ގެއްލުންތައްވެ ފެންބޮޑުވެފައި ވެއެވެ.

އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރޭގައި ބިޔަ ބޮޑު ޗައިނާ ވެސް ހިމެނެ އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި އެކަނި ވެސް ފާއިތުވި ހަފުތާގެ ތެރޭގައި ވިއްސާރައިގެ މިންވަރު ވަނީ 140 އަހަރުގެ ރެކޯޑް މުގުރާލާފަ އެވެ. ޗައިނާއިން ހާއްސަ ފިޔަވަޅުތައް އެޅި ނަމަވެސް ތޫފާނުގައި ޖެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ނުހަނު ބޮޑެވެ. 

"ޑޮކްސޫރީ" ތޫފާނުގައި ޗައިނާގެ އިރު އުތުރުން ފެންބޮޑުވި އިރު ބެއިޖިން އާއި ހެބޭ ޕްރޮވިންސަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މަދުވެގެން 10 މީހަކު މަރުވެ 18 މީހަކު ގެއްލިފައިވާއިރު، އެތައް މިލިއަން ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ދާން ޖެހުނެވެ.

އުދައެރުމުގެ ސަބަބުން މަގުތަކާއި ބްރިޖުތަކަށް ގެއްލުންވެ، ކާރުތައް ކަނޑުގެ ތެރެއަށް ޣަރަގުވެ އިމާރާތް ކުރަމުންދާ ބައެއް ތަންތަން ވެސް ހަލާކުވެފައި ވެއެވެ.  

މިދިޔަ ހަފުތާ ބަންދުގައި ޗައިނާއަށް ޑޮކްސޫރީގެ އަސަރު ކޮށްފައި ވަނީ ތޫފާން، ތާލިމް އިން އެ ސަރަހައްދު ރަނގަޅުވި ތަނާ އެވެ.  

ފިލިޕީންސްގައި ވެސް ފެން ބޮޑުވެފައި ވެއެވެ. ވެރިރަށް މެނިލާ އާއި ބުލާކަން އާއި ޕަމްޕަންގާގައި ފެންބޮޑުވެ ގެއްލުމާ ކުރިމަތިލާން ޖެހިފައި ވާއިރު އިންޑިއާއަށް ތޫފާން ޖެހިފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.