މިނިސްޓަރު މާރިޔާގެ ތައުރީފް ނާއިބު ރައީސާއި ރަނިންމޭޓް އަސްލަމަށް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދި މި ފަހަރުގެ އިންތިހާބުގައި ވެސް ރައީސް ސޯލިހްގެ ކެމްޕެއިންގައި މިނިސްޓަރު މާރިޔާ ގެންދަވަނީ ބޮޑު ދައުރެއް އަދާ ކުރައްވަމުންނެވެ. އެކަމަނާއަކީ 2018 ވަނަ އަހަރުވެސް ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާނެވެ.

މިނިސްޓަރު މާރިޔާ އަހްމަދު ދީދީ (މ) ނާއިބު ރައީސް ފައިސަލް ނަސީމް (ވ) މެންބަރު މުހައްމަދު އަސްލަމް (ކ)

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މެންބަރު މުހައްމަދު އަސްލަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސް ސޯލިހްގެ ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ރިޔާސީ ދެވަަނަ ދައުރަކަށް ކުރިމަތިލައްވާއިރު އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މެންބަރު އަސްލަމް ހަމަޖައްސަވާފައެވެ. ނާއިބު ރައީސް ފައިސަލް ނަސީމް ގެންދަވަނީ ރައީސް ސޯލިހާއެކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ  ކުރައްވަމުންނެވެ. ފައިސަލް ވެވަޑައިގަންނަވާނީ އާ ގާނޫނު އަަސާސީގެ ދަށުން ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ނާއިބު ރައީސަށެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެންޕެއިންގައި މާލެ އޭރިޔާގެ ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހްގެ ނާއިބަކަށް ހުންނެވި ފައިސަލް ނަސީމަކީ ރައީސާއި ދިވެހި ރައްޔިތުންނަށް ވެސް ހިތްހެޔޮ ތެދުވެރި އިހުލާސްތެރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ފައިސަލަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވީ ފައިސަލް ގެންދަވަނީ އަމާނާތްތެރިކަމާއެކު ނާއިބު ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ކަމަށެވެ. އަދި ފައިސަލް ދައްކަވަނީ ނަމޫނާއެއް ކަމަށް ވިދާޅުވެ ހެޔޮ ދުއާ އަބަދުވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖެއްސެވި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް ވެސް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ އަސްލަމަށް ތައުރީފު ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރެއްވި މެންބަރު އަސްލަމަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެއީ އިތުބާރު ކުރެވޭ ހަރުދަނާ ސިޔާސީ ޝަހްސިއްޔަތެއް ކަމަށް ވިދާޅުވި އެވެ.

އެންމެ މުހިންމުކޮށް އެއް ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ ޕީޖީ ލީޑަރެއްގެ ހައިސިއްޔަތުން އަސްލަމް ކުރެއްވި މަސައްކަތްޕުޅެވެ. މިނިސްޓަރު ވަނީ އެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. އަދި އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ މިއީ ހަތަރު ވަނަ ދައުރުކަން ފާހަގަ ކުރައްވާ ސިޔާސީ އިތުރު ކާމިޔާބަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް ފަދައިން އަސްލަމަކީ ވެސް ރައްޔިތުންގެ މަޖިލީހުގައި ވަރަށް ފާހަގަކޮށްލެވޭ ސިޔާސީ ޝަހުސިއްޔަތެކެވެ. އަސްލަމް ވަނީ އޭނާގެ ލީޑާޝިޕްގެ ވަރުގަދަ ކަމާއި ހަރުދަނާކަން ސާބިތުކޮށް ދެއްވާފައެވެ.

ކަންކަން ނިންމެވުމުގައި މަޝްވަރާގެ އުސޫލު ގެންގުޅުއްވާ އެހެން ސިޔާސީ ފިިކުރުތަކުގެ މެންބަރުންނާއެކު މަސައްކަތް ކުރެއްވުމުގައި ވެސް އަސްލަމަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިނިސްޓަރު މާރިޔާ ވަނީ ރައީސް ސޯލިހާއި މެންބަރު އަސްލަމާއެކު ގިނަ އަހަރުތަކެއް މަޖިލީހުގައި ހޭދަ ކުރައްވާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދި މި ފަހަރުގެ އިންތިހާބުގައި ވެސް ރައީސް ސޯލިހްގެ ކެމްޕެއިންގައި މިނިސްޓަރު މާރިޔާ ގެންދަވަނީ ބޮޑު ދައުރެއް އަދާ ކުރައްވަމުންނެވެ. އެކަމަނާއަކީ 2018 ވަނަ އަހަރުވެސް ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.