އިމްރާން ހާން ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު އިމްރާން ހާންގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރި ފަހުން 150 އަށް ވުރެ ގިނަ މައްސަލަ ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފަ އެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ހާން

ހަދިޔާގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ބައެއް ތަކެތި ގަވައިދާ ހިލާފަށް ބޭނުންފުޅު ކުރައްވާ ވިއްކެވި ކަމަށް ބުނާ ކުށް ސާބިތުކޮށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ތިން އަހަރަށް ޖަލަށް ލާން ޕާކިސްތާނުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. 

އިސްލާމް އާބާދު ކޯޓުގެ ފަނޑިޔާރު، ހުމާޔޫން ދިލަވާރު މިއަދު އިއުލާން ކުރެއްވީ ކުރީގެ ބޮޑު ވަޒީރުގެ މައްޗަށް ހިޔާނާތުގެ އަމަލުތަކުގައި ބައިވެރިވެ ވަޑައިގެންނެވިކަން ސާބިތު ވެފައިވާ ކަމަށެވެ. އަދި ހުކުމަށް ފަހު ލާހޯރުގައި ހުންނަ ގެކޮޅުގައި ހުންނަވަނިކޮށް ވަނީ އިމްރާން ހާން ހައްުޔަރުކޮށްފަ އެވެ. 

ޕާކިސްތާނުގައި އާންމުންގެ ވަރަށް ބޮޑު ތާއީދެއް އޮތް އުމުރުން 70 އަހަރުގެ ސިޔާސީ ލީޑަރު އަދި ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ތަރި އިމްރާން ހާންގެ މައްޗަށް ތުހުމަތު ކުރެވުނީ 2018 އިން 2022 އަށް ބޮޑު ވަޒީރުކަމުގައިހުންނެވި އިރު  ގައުމުން ބޭރަށް ކުރެއްވި ދަތުރު ތަކުގައި ލިބި ވަޑައިގެންނެވި ހަދިޔާތައް މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ވިއްކާފައިވާ ކަމަށް ބުނެ އެވެ. 

މިދިޔަ އަހަރުގެ އޭޕްރީލް މަހު އިމްރާން ހާންގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރި ފަހުން 150 އަށް ވުރެ ގިނަ މައްސަލަ ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފަ އެވެ. 

ނަމަވެސް އިމްރާން ހާން ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ކަމަށާއި އެ ދައުވާތަކަކީ ސިޔާސީ ގޮތުން ކުރާ ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ. 

މި ހުކުމް އިމްރާން ހާންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރާނެ އެވެ. މިދިއަ މެއި މަހު އިމްރާން ހާން ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުން ހައްޔަރު ކުރި އެވެ. އެއަށްފަހު އޭނާ ދޫކޮށްލީ ހައްޔަރުކުރީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިގެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.