ޔާމީން ސުޕްރީމް ކޯޓްގައި، ކަރަންޓް ލިބި ޝަރީއަތް ފަށަނީ

މިއަދުގެ އަޑުއެހުން ފަށަން އޮތީ މެންދުރު ފަހު 3:00 ގައެވެ. ނަމަވެސް އަޑުއެހުން ނުފެށި ލަސްވީ ސުޕްރީމް ކޯޓްގައި ކަރަންޓް ނެތުމުންނެވެ.

ސުޕްރީމް ކޯޓް ސަރަހައްދުގައި އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން މަޑުކޮށްލައިގެން: ކަނޑައެޅިފައިވާ ވަގުތަށް އަޑުއެހުން ނުފެށުނު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލުމުން އުފެދުނު ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓްގެ މިއަދު އޮތް އަޑުއެހުމަށް ރައީސް ޔާމީން ކޯޓަށް ދެންމެ ގެންނަވައިފި އެވެ.

މިއަދުގެ އަޑުއެހުން ފަށަން އޮތީ މެންދުރު ފަހު 3:00 ގައެވެ. ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ދޭއް ޖަހަނިކޮށެވެ.

ނަމަވެސް ކޯޓްގައި އެ ވަގުތު ކަރަންޓް ނެތުމުގެ ސަބަބުން ޔާމީން ކޯޓަށް ވެއްދޭ ގޮތެއް ނުވި އެވެ. އެހެންވެ އަލުން އަނބުރާ އެމަނިކުފާނު ގެންދެވީއެވެ. ނަަމަވެސް މީގެ ކުޑައިރުކޮޅެއްގެ ކުރީން ރައީސް ވަނީ ސުޕްރީމް ކޯޓަށް ގެންނަވާފައެވެ. 

ކޯޓުން ކަރަންޓް ކެނޑުނީ ސްވިޗް ގިއާއެއްގައި ފެއިލް ވެގެނެވެ. ކަރަންޓް ކެނޑުނީ ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދުން ކަމަށާ ހަމައެކަނި ކޯޓުން ނޫން ކަމަށް ކަރަންޓް ކުންފުނިން ބުންޏެވެ.

ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ރައީސް ޔާމީންގެ ވަކީލުންނާއި ދައުލަތުގެ ވަކީލުން އަދި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން މިހާރު ވަނީ ކޯޓަށް ވަޑައިގެންފައެވެ. އަދި އަޑުއެހުމަށް ވަނުމަށް ކިއު ހަދައިގެން ތިބި ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުން މިހާރު ވަނީ ކޯޓަށް ވައްދަން ފަށާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ވަހީދާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ދެ ޕާޓީގެ ނާއިބު ލީޑަރުންނާއި ސެނެޓަރުން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.