ކުރުސީ ހޯދަނީ ނަޝީދުގެ އެދިވަޑައިގަތުމަކަށް، ސަރުކާރުން އަންގައިގެނެއް ނޫން

"ހަސަން ކުރުސީ" އަކީ ކާކުތޯ ބަލަން ކްރިމިނަލް ކޯޓުން އަމުރެއް ހޯދީ ކޮން މައްސަލައަކާއި ގުޅިގެންތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަނީ

"ހަސަން ކުރުސީ" ނަމުގައި ޓްވިޓާގައި ހިންގާ މައުލޫމާތުގެ ގޮތުން މުއްސަނދި އެކައުންޓަކީ ކާކު ހިންގާ އެކައުންޓެއްތޯ ބަލަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެދިގެން "ހަސަން ކުރުސީ" އަކީ ކާކުތޯ ބަލަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އަޑުފެތުރިފައި އޮތީ އެ އަމުރަަށް ފުލުހުން އެދުނީ ސަރުކާރުން އެދިގެން ކަމެވެ. އަދި ސަރުކާރުގެ އެތެރޭގެ ވަރަަށް ގިނަ ކަންކަން ފަޅާއަރުވަމުންދާ "ހަސަން ކުރުސީ" އަކީ ކާކުތޯ ބަލަން ސަރުކާރުން ފުލުހަށް އަންގާފައިވާ ކަމަށެވެ.

"ހަސަން ކުރުސީ" އަކީ ކާކުތޯ ބަލަން ކްރިމިނަލް ކޯޓުން އަމުރެއް ހޯދީ ކޮން މައްސަލައަކާއި ގުޅިގެންތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީ ކުރެވި އެތަކެއް އޮޅުން އަރައި އެކަމުގެ ސަބަބުން އިންތިހާއަށް ގެއްލުން ލިބެމުން ދާ ކަމަަށް ވިދާޅުވެ އޭޕްރީލް 18 ގައި ރައީސް ނަަޝީދު ވަނީ ފުލުހަށް މައްސަލަ އެއް ހުށައަޅާފައެވެ.
 
"ހަސަން ކުރުސީ" އަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް ނަޝީދުގެ ފޭކް އެކައުންޓެއް ކަމަށް ދިވެހިންނާއި ބޭރުގެ ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ނޮވެމްވަރު 13، 2022 ގައި ވެސް އެމަނިކުފާނު ވެސް ވިދާޅުވެފައި އެވެ.

އޭރު އެ މަނިކުފާނު ވަނީ އެ އެކައުންޓާ ގުޅޭ ގޮތުން ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ "ހަސަން ކުރުސީ" އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ އަދި ހިޔާލީ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން އޭނާއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސެއް ކަމަށް ދަންނަވަން ދަތިފުޅު ކަމަށެވެ.

"އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް، އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން،" ނަޝީދު ކުރީން ވިދާޅުވެފައި ވެއެވެ.

މިހާރު ޓްވިޓާއަށް ފައިސާ ދައްކައިގެން ވެރިފައި ވެސް ކޮށްދީފައިވާ "ހަސަން ކުރުސީ" އެކައުންޓުން ޓްވީޓްތައް ކުރަނީ ނަޝީދުހެން ހީކުރެވޭ ގޮތަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ ލިޔުމަކުން އުފެދުނު ޝަހުސެއް އެ ދަރަޖައަށް ދިރިގެންދާ ކަމީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ނަމަވެސް އޭނާގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއު ކުރަނީ ހަމަކަށަވަރުން އަޅުގަނޑެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ހަސަން ކުރުސީގެ ނަމުގައި އޮންނަ އެކައުންޓުން ރާއްޖޭގެ ކަންކަމަށް ސިޔާސީ ފާޑު ކިޔުމާއި ހަޖޫ ހިމެނޭ ޓްވީޓްތައް ވަރަށް ގިނައިން ކޮށްފައި ހުރެ އެވެ. ސަރުކާރުގެ ވަރަށް ގިނަ ގޯސްތައް ހާމަކޮށް އާންމުވެސް ކުރެއެވެ. ގިނަ ފަހަރަށް އެ މައުލޫމާތުތައް ސައްހަ ވެސް ވެއެވެ. ބައެއް ފަހަރު ވަރަށް ބޭ އަދަބީ ބަހުން ޓުވީޓުތައް ކޮށްފައި ހުންނައިރު އެ އެކައުންޓް ބޭނުން ކުރަނީ ދުނިޔެއާއި ރާއްޖޭގެ މައުލޫމާތާއި މީހުނާއި ކަންކަމާއި ތާރީހު ވަރަށް މުައްސަނަދި ފަރާތެއްކަން އެނގޭވަރު އެވެ. -- ރައީސް ނަޝީދު ކުރިން ލިޔުއްވެވި ވާހަކައެއް ކަމަށްވާ "ހިތާއި ހިތުގެ ގުޅުން" ވާހަކައިގެ ހިޔާލީ ޝަހުސިއްޔަތުންގެ ތެރޭގައި ހަސަން ކުރުސީ ކިޔާ ނަމެއް ހިމަނުއްވާފައި ވެއެވެ. ފަހުން އެ މަނިކުފާނުގެ އެހެން ބައެއް މަޒުމޫނުގެ ތަކުގައި ވެސް ކަންކަމަށް މިސާލު ޖެއްސެވުމުގެ ގޮތުން އެ ނަން ބޭނުންފުޅު ކުރައްވާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.