ރޮޒައިނާ ހޮވުމަކީ ކުރެވުނު ވިޔާނުދާ ކަމެއް: ނަޝީދު

މަރަދޫގައި ތިބި ޑިމޮކްރެޓުންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރޮޒައިނާ ހޮވަން ކުރެވުނު މަސަަައްކަތް ރަނގަޅު ނޫން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހޮވުމަކީ ކުރެވުނު ވިޔާނުދާ ކަމެއް ކަމަަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އުފަން އަތޮޅު އައްޑޫ ސިޓީއަަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގައި ވާހަކަ ދައްކަވަމުންނެވެ.

މަރަދޫގައި ތިބި ޑިމޮކްރެޓުންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރޮޒައިނާ ހޮވަން ކުރެވުނު މަސަަައްކަތް ރަނގަޅު ނޫން ކަމަށެވެ. އެކަމާ ހިތާމަ ކުރައްވާ މޭރުމުން ނަޝީދު ވަނީ ރޮޒައިނާ ހޮވަން ކުރެވުނު މަސައްކަތަކީ ވިޔާނުދާކޮށް ކުރެވުނުު ކަމެއް ކަމަަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އައްޑޫއަށް ވަޑައިގެން ރޮޒައިނާއަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. ރޮޒައިނާ ހޮވުމަކީ ކުރެވުނު ވިޔާނުދާ ކަމެއް ކަމަަށް ނަޝީދު އެ ވިދާޅުވީ އެ ކަމަށް އިޝާރާތް ކުރައްވައެވެ.

އެމްޑީޕީގައި އުފެދުނު ބައިބައިވުމުގައި ނަޝީދަށް އެންމެ ފާޅުކަން ބޮޑުކޮށް ރައްދު ދެއްވީ ރޮޒައިނާ އެވެ.

ނަޝީދު ވިދާޅުވީ ކުރީން ޑީއާރުޕީއަށް ނިސްބަތްވި ބޭފުޅުންގެ އަމާޒު މިހާރު ހުރީ އެމްޑީޕީ ހަލާކުކޮށްލުމަށް ކަމަަށެވެ. ޑީއާރުޕީ ހަލާކުކޮށް ރައީސް ވަހީދު ހަލާކުކޮށްލެއްވީ ވެސް އެ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާއާ ފިރިކަލުން ނާޝިޒް އަދި އަހްމަދު ތަސްމީން އަލީއާ ވިސާމް އަލީ އަދި މިނިސްޓަރު އަބްދުﷲ ޝާހިދަކީ ކުރީން ޑީއާރުޕީއަށް ނިސްބަތްވި ބޭފުޅުންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ގެ ރިޔާސީ އިންތިހާބުގައި ބާތިލު ކުރި ފުރަތަމަ ފަހަރު ވޯޓަށް ފަހު އެވެ. އެ ބުރު އެ ބޭފުޅުން ތިއްބެވީ ރައީސް ވަހީދާ އެކު އެވެ. ނަމަވެސް ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓް ވޯޓެވެ.

ޑީއާރުޕީން އެމްޑީޕީއަށް ބަދަލު ބޭފުޅުންގެ ތެރެއިން ނަޝީދާއެކު ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކަންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.