މަސްވެރިކަމާއި ދަނޑުވެރިކަން ކުރަން ފިޔަވާ އެހެން ކަންކަމަށް ރަށްދޭ މުއްދަތު އިތުރުކޮށްފި

މިހާރު މަސްވެރިކަމާއި ދަނޑުވެރިކަން ކުރުން ނޫން ކަންކަމަށް ރަށްރަށް ދޫކުރެވެނީ ފަސް އަހަރަށެވެ. ނަމަވެސް މި ބަދަލާއެކުު 21 އަހަރަށް ރަށް ދޫކޮށް 50 އަހަރަށް އިތުރު ކުރެވޭނެ އެވެ.

ރ. އަތޮޅުގެ ފަޅު ރަށެއް: ފަޅުރަށުގެ މުއްދަތު އިތުރު ކުރެވޭ ގޮތް ވަނީ ހަދާފަ -- ސީޑީސީ ކޮންސަލްޓިން

މަސްވެރިިކަމާއި ދަނޑުވެރިކަން ނޫން އެހެން މަސައްކަތްތަކަށް ފަޅު ދަށް ދޫކުރާ މުއްދަތު ފަސް އަހަރުން 21 އަހަރަށް އިތުރުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އާއްމުކޮށްފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ވިޔަފާރި ބޭނުމަށް އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ދޫކުރެވޭނެ އެވެ. މިހާރު މި ފަދަ މަސައްކަތްތަކަށް ފަޅު ރަށް ދޫކުރަނީ ފަސް އަހަރަށެވެ.   

މި ގަވައިދުގައިވާ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ދޫކުރާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުގެ އިޚްތިސޯސްގައި ނުހިމެނޭ ފަޅުރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އެވެ.  

ރަށް ދޫކުރެވޭނެ ގޮތްތައް

  •  ބީލަމުގެ އުސޫލުން އާންމުކޮށް އިޢުލާން ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް،
  •  ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓާއެކު މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ފަރާތަކަށް،
  •  ސަރުކާރުގެ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތު ތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުން،

މި ބަދަލު ގެނައުމާއެކު ފަަޅުރަށް ނަގާ ފަރާތްތަކުން މުއްދަތު އިތުރުކުރަން ހުށަހަޅައިފި ނަމަ ވަކި ޝަރުތުތަކަކާއެކު ކުއްޔަށް ދީފައިވާ މުއްދަތު ބައި ގަރުރަށް އިތުރުކޮށްދޭނެ އެވެ. މިކަމަށް އޮތް ޝަރުތަކީ އެ ރަށުގެ އެޝަރުތުތައް ފުރިހަމަ ވާނަމަ ސަބްލީސްކުރުމާއި އެ ރަަށެއްގެ ސަބްލީޒް ރަހުނު ކުރުމެވެ.

މުއްދަތު އިތުރު ކުރަން ބަލާނެ ކަންކަން

  •  މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސް މަސައްކަތުގެ 75 ޕަސެންޓް ފުރިހަމަކޮށްފައިވުން
  •  ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ 75 ޕަސެންޓް ފައިސާއިން ކޮށްފައިވުން

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު ހެދިއިރު އިންޑަސްޓްރިއަލް ބޭނުންތަކަށް ރަށް ދޫކުރުމާ ބެހޭ އުސޫލެއްވެސް ދާދިފަހުން ހަދާފައިވެ އެވެ. މި ގަވައިދުން ފުރިހަމަ ބާރު ދީފައިވަނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އަދި ރާއްޖޭގައި ޓޫރިޒަމަށް ދޫކުރާ ރަށްތައް 99 އަހަރަށް މުއްދަތު އިތުރު ކުރުމުގެ ބާރު ދީފައިވަނީ ޓޫރިޒަމް މިނިސްޓްރީއަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.