މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އެއްވަނީ

ހުޅަނގުގެ ދެކޮޅު ނުޖެހޭ ވާހަކަތައް ފަތުރާ ކިޔަވައިދޭއިރު ޓީޗަރުގެ މޫނު ފެންނަން ޖެހޭ ކަމާ މޫނުގެ ހަރަކާތްތަކަކީ ދަރިވަރުންނަށް ވަރަށް މުހިންމު ކަމެއް ކަމަށް ބުނެ މޫނު އެޅުމާ ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔެވުމަށާއި ކިޔަވަައި ދިނުމަށް ވަނީ ހުރަސް އެޅިފައި

މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުގައި މިއަދު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

މިފަދަ އެއްވުމެއް ބާއްވަނީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރާތީ އެވެ. އެޑިއުކޭޝަންގެ އާ އުސޫލުގައި މޫނު އެޅުން މަނާކޮށް ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ހިމަނާފައެވެ.

އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާއިރު "އުހުތުންގެ އިހުތިޖާޖު" ނަމުގައި މިއަދު ހަވީރު އާޓިފިޝަލް ބީޗަށް އެއްވުން ވަނީ ނިންމާފައެވެ.

އެއްވުން އިންތިޒާމުކުރާ ފަރާތުން ވަނީ 4:15 އަށް ވީހާވެސް ގިނަ ބަޔަކު ޖަމާވެ މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އިހުތިޖާޖުގައި ބައިވެރިވާން އެދިފައެވެ.

ކިޔަވައިދޭއިރު މޫނު ބުރުގާ އެޅުން މަނާކުރަން ކޮންމެ ސަރުކާރަކުން ހެން މަސައްކަތް ކުރެއެވެ. މައްސަލަ ހޫނުވުމުން އެކަން ތަންފީޒު ކުރުން މަޑުޖައްސާލަނީ އެވެ. މޫނު ނަގައިގެން ކިޔަވައިދޭން ދެކޮޅު ހެދުމުން ބައެއް ޓީޗަރުން ވަޒީފާ އިން ވެސް ވަކިކޮށްފައިވެއެވެ. މޫނު އަަޅައިގެން ކިޔަވައިދިނުން ހުއްޓުވަން މި ސަރުކާރުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ހުޅަނގުގެ ދެކޮޅު ނުޖެހޭ ވާހަކަތައް ފަތުރާ ކިޔަވައިދޭއިރު ޓީޗަރުގެ މޫނު ފެންނަން ޖެހޭ ކަމާ މޫނުގެ ހަރަކާތްތަކަކީ ދަރިވަރުންނަށް ވަރަށް މުހިންމު ކަމެއް ކަމަށް ބުނެ މޫނު އެޅުމާ ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ.

އަދި މޫނު އަޅައިގެން ކިޔަވަންދާ ކުދީންނަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އެކަމަކު ވެރިކަމަށް އައުމުގެ ކުރީން މޫނުބުރުގާ އެޅުމާއި ތުބުޅި ބެހެއްޓުމާއި ފައިކުރުކުުރުން ފަދަ ކަންކަމުގެ ސަބަބުން ހައްގު ގެއްލިފައިވާ މީހުންގެ ހައްގުތައް ކަަށަވަރުކޮށްދޭން ވަައުދުވެ މެނިފެސްޓޯގައިވެސް އެކަން ހިމެނި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.