އުވާލާ ލިސްޓަށް ސަލަފު ލީ ލިޔުންތައް ބަރާބަރަށް ހުށައަޅާފައި ވަނިކޮށް

އެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެއި 31، 2022 ގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވާނީ މެއި 31، 2024 ގައި ކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުވެސް ސަލަފުން ހުށައަޅާފައިވާ ކަމަށް ބުންޏެވެ.

ޖަމިއްޔަތުއް ސަލަފުގެ އިސް ބައެއް ބޭފުޅުން: އެ ޖަމިއްޔާ އުވާލާ ލިސްޓަށް ލީ ލިޔުންތައް ބަރާބަރަށް ހުށައަޅަމުން ދަނިކޮށް

މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފު އުވާލާ ޖަމިއްޔާތަކުގެ ލިސްޓްގައި ހިމެނީ އެ ޖަމިއްޔާ އިން ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތަކެއް ހުށައަޅާފައި ވަނިކޮށް ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރާ ޖަމިއްޔާއަކީ ސަލަފެވެ. ދެ އަހަރުގެ ލިޔެކިޔުންތައް ހުށަނާޅާ ކަމަށް ބުނެ އުވާލާ ޖަމިއްޔާތަކުގެ ލިސްޓްގައި ސަލަފު ހިމެނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. ވަރަށް ގިނަ ޖަމިއްޔާތަކާއި ގުޅިގެން ކޮންމެ ހަފްތާއަކު ތަފާތު ޕްރަގްރާމް ތައް ވެސް ހިންގައެވެ.

އެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެއި 31، 2022 ގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވާނީ މެއި 31، 2024 ގައި ކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުވެސް ސަލަފުން ހުށައަޅާފައިވާ ކަމަށް ބުންޏެވެ.

"ވީމާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން އުވާލަން ލިސްޓްކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފުގެ ނަން ހިމަނާފައިވާތީ ޖަމިއްޔާތަކުގެ ބެލެނިވެރިކަން މަތިކުރެވިފައިވާ ވުޒާރާގެ ހައިސިއްޔަތުން ބައްލަވަންވާ ވަރަށް ނުބައްލަވާ ކަމުގައި ހިތާމައާއެކު ދަންނަވަމެވެ،"

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އެތައް ކަމެއްގައި ހިލޭ ސާބަހަށް މުޖްތަމައަށް ހިދުމަތް ކުރަމުންދާ އެތައް ސަތޭކަ ޖަމިއްޔާއެއް އުވާލަން ސަރުކާރުން ނިންމި ނިންމުމާމެދު ސަލަފުން ނިހާޔަތަށް ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.

ޔޫތު މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ ގިނަ ޖަމިއްޔާތަކެއް އުވާލާ ލިސްޓަށް ވަނީ ލައިފައެވެ. ލިސްޓްގައި 1989 ޖަމިއްޔާއެއް ހިމެނެއެވެ.

ލިސްޓްގައި ހިމެނޭ ވަރަށް ގިނަ ޖަމިއްޔާތަކުން ވަނީ އަހަރީ ރިޕޯޓް ހުށަހަޅައި ހިންގާ ކޮމެޓީ ރަޖިސްޓްރީވެސް ކޮށްފައިވަނިކޮށް އުވާލާ ލިސްޓްގައި ހިމަނާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ޖަމިއްޔާތަކުން ބުނި ގޮތުގައި މީގެ ތިން ހަތަރު މަސް ކުރީން ލިޔެކިޔުންތައް ވަނީ ފޮނުވާފައެވެ. އަދި އެކި ގޮތްގޮތުން ރަޖިސްޓްރާއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވެފައެއް ނުވެއެވެ.

އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން ފެނިވަޑައިގަތީވެސް ނޫސްތަކުން ކަމަށެވެ. އަދި އާންމުކުރި ލިސްޓްގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވަރަށް ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައް ވެސް ލިސްޓްގައި ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަޅުގަނޑަށް ލިބިފަ. މިކަންކަން ބަލާ ރަނގަޅު ކުރުމަށް ވާނީ ރިކުއެސްޓު ކޮށްފަ،" މަހުލޫފް ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް އުވާލަން ލިސްޓްގައި ހިމަނާ ގެޒެޓް ކުރުން އެ އެސޯސިއޭޝަންތަކާއި ކުލަބުތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް އެކަން ބަލާ ފިޔަވަޅު އަޅަައިދޭން އެދިފައެވެ. ބައެއް ޖަމިއްޔާތަކާއި ކުލަބު / އެސޯސިއޭޝަންތަކުން ބުނީ ރަޖިސްޓްރާގެ އެ އަމަލުގެ ސަބަބުން އެ ޖަމިއްޔާ / ކުލަބު، އެސޯސިއޭޝަންގެ ތަސައްވުރު ކިލަނބުވެ އާންމުންގެ މެދުގައި އޮތް އިހްތިރާމާއި ގަދަރަށް އުނިކަން އައިސްފައިވާ ކަމަށެވެ.

ބައެއް ޖަމިއްޔާތަކަކީ އެކި ފަރާތްތަކުން އަބަދުވެސް އެހީތެރިވެދޭ އަދި އެހީތެރީން ފޯރުކޮށްދޭ ފައިސާގައި ހަރަކާތްތައް ހިންގާ ޖަމިއްޔާތަކެއް ކަމުން ދެ އަހަރުގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމެޓީ ރަޖިސްޓްރީ ނުކޮށްގެން ކަމަށް ބުނެ އުވާލަން އުޅޭ ކަމަށް ރަޖިސްޓްރާ އާންމު ކުރުމަކީ އެހީތެރިވެދޭ ފަރާތްތަކުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. 

ކޮމެންޓް

1
450
ހައިރާނެއް
9 months ago

ސާބަހޭ މިއީ އުވާލާފައި އޮތް އިއުލާނެއް އިއުލާން ކުރީ 25ގައި އުވާލީ މިރޭ ސާބަހޭ މިއީ ޓްރަސްޓެޑް ސޯސްއިން ލިޔާ ތެދު އެވެސް ތާރީހު ސަޅި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.