ޕާޓީ ޓިކެޓަށް ކުރިމަތިލީ ފާރިސް އެކަނި: އެމްއާރްއެމް

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލީ މީގެ ދެ ދުވަސް ކުރީންނެވެ. ފޯމް ހުށަައަޅަން ދިނީ 48 ގަޑިއިރެވެ. އެ ޕާޓީން ބުނި ގޮތުގައި ވަގުތު ހަމަވިިއިރު ފޯމް ހުށައެޅުއްވީ ފާރިސް އެކަންޏެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރަން ފޯމް ހުށައެޅުއްވީ އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އެކަނި ކަމަށް ބުނެފި އެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލީ މީގެ ދެ ދުވަސް ކުރީންނެވެ. ފޯމް ހުށަައަޅަން ދިނީ 48 ގަޑިއިރެވެ.

އެ ޕާޓީން ބުނި ގޮތުގައި ވަގުތު ހަމަވިިއިރު ރިޔާސީ ޕްރައިމަރީގަައި ވާދަކުރަން ފޯމް ހުށައެޅީ ފާރިސް އެކަންޏެވެ. ޕްރައިމަރީގެ ވޯޓްލުން އޮގަސްޓް ފުރަތަމަ ދުވަހު އޮންނާނެ ކަމަށްވެސް ބުންޏެވެ. ނަގާނީ އޮންލައިން ވޯޓެކެވެ.

އެމްއާރްއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމާ ޕްރައިމަރީގައި ވާދަކުރަން ޕާޓީގެ ރައީސް ފާރިސް މައުމޫން ހުށައެޅުއްވިއިރު އޭނާ މިހާރު ވެސް ވަނީ އިންތިހާބަށް ނިކުތުމަށް ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފު ކުރުމަށް ވަނީ ހުށައަޅާފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން 1،500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެގެން އުވާލުމުގެ މަސައްކަތް ފަށާފައިވާ އެމްއާރްްއެމުން ދަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ވެސް ހިނގަމުންނެވެ. އެއީ ދެ ޕާޓީ ގުޅިގެން އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.