ސަލަފާ މައުމޫން ފައުންޑޭޝަން އުވާލާ ލިސްޓަށް

މައުމޫން ފައުންޑޭޝަންގެ ބާނީ ރައީސް މައުމޫން އަދި ސަލަފުގެ ރައީސް ޝައިހް އަބްދުﷲ. ދެ ޖަމިއްޔާ ހިމެނޭހެން 1900 ވުރެ ގިނަ ޖަމިއްޔާގެ ނަން އުވާލާ ލިސްޓްގައި ވަނީ ހިމަނާފައި

ޖަމިއްޔަތުއްސަލަފާއި މައުމޫން ފައުންޑޭޝަން ހިމެނޭހެން އެތައް ސަތޭކަ ޖަމިއްޔާއެއް އުވާލާ ލިސްޓަށް ލަައިފި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް -- ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ ގިނަ ޖަމިއްޔާތަކެއް އުވާލާ ލިސްޓަށް ވަނީ ލައިފައެވެ. ލިސްޓްގައި 1989 ޖަމިއްޔާއެއް ހިމެނެއެވެ.

މިނިސްޓްރީން ބުނީ އުވާލާ ލިސްޓަށް ލައިފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް / މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަދި އެބައޮތެވެ.

އެ ފުރުސަތު އޮތީ 24 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެ ތާރީހަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލާ ލިސްޓަށް ލާފައިވާ ޖަމިއްޔާތަކުގެ ތެރޭގައި މައުމޫން ފައުންޑޭޝަނާއި ޖަމިއްޔަތުއް ސަލަފުގެ އިތުރުން ރާއްޖޭގެ ވަރަށް މަޝްހޫރު ޖަމިއްޔާތައް ހިމެނެއެވެ. އަދި އަތޮޅުތަކާއި ރަށްތަކަށް ނިސްބަތްވާ ވަރަށް ހިދުމަތްތެރި ޖަމިއްޔާތައް ހިމެނެއެވެ.

ސަލަފަކީ ރާއްޖޭގައި ހިންގާ އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. ދީނީ ހޭލުންތެރި ކަމަށް މުޅި ރާއްޖޭގައި ހާއްސަ މަސަައްކަތްތަކެއް ހިންގައެވެ. ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނަކީ ވެސް ދިވެހި ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ތައުލީމުގެ ފުރުސަތު ހޯދައިދޭ ދީނީ ހޭލުންތެރި ކަމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.