އެމްއާރްއެމްގެ ރިޔާސީ ޓިކެޓަށް ފާރިސް ހުށައަޅަައިފި

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލީ މީގެ ދެ ދުވަސް ކުރީންނެވެ. ފޯމް ހުށަައަޅަން ދިނީ 48 ގަޑިއިރެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރަން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމް ހުށަައެޅުން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކުރަން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމް ހުށައަޅުއްވައިފި އެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލީ މީގެ ދެ ދުވަސް ކުރީންނެވެ. ފޯމް ހުށަައަޅަން ދިނީ 48 ގަޑިއިރެވެ.

އެ ޕާޓީން ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީގަައި ވާދަކުރަން ފާރިސް ވަނީ ފޯމް ހުށަަައަޅާފައެވެ.

ޕްރައިމަރީގެ ވޯޓްލުން އޮގަސްޓް ފުރަތަމަ ދުވަހު އޮންނާނެ ކަމަށްވެސް ބުންޏެވެ. ނަގާނީ އޮންލައިން ވޯޓެކެވެ.

އެމްއާރްއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމާ ޕްރައިމަރީގައި ވާދަކުރަން ޕާޓީގެ ރައީސް ފާރިސް މައުމޫން ހުށައެޅުއްވިއިރު އޭނާ މިހާރު ވެސް ވަނީ އިންތިހާބަށް ނިކުތުމަށް ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފު ކުރުމަށް ވަނީ ހުށައަޅާފައެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެގެން އުވާލުމުގެ މަސައްކަތް ފަށާފައިވާ އެމްއާރްްއެމުން ދަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ވެސް ހިނގަމުންނެވެ. އެއީ ދެ ޕާޓީ ގުޅިގެން އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ކޮމެންޓް

1
450
ހުސޭނުބެ
9 months ago

ތިޔަ ޕްރައިމަރީއެއް ހުޅުވީވެސް ފާރިޝަށް 1500 ހަމަ ނުވީމައެވެ. ފުރަތަމަ ބެލީ ވަކިން ވާދަކުރެވޭތޯއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.