ފައިނާ ރަތަފަންދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

އެ ދެ ކައުންސިލްގެ މެޖޯރިޓީ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ގެއްލުނީ ދެ ކައުންސިލަރަކު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމުންނެވެ.

ރަތަފަންދޫ ކައުންސިލްގެ ނާއިބު ރައީސް ޑިމޮކްރެޓްސްއަށް ސޮއި ކުރުމުން އެ ކައުންސިލްގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ ވަނީ ގެއްލިފައި

ގދ. ރަތަފަންދޫއާ ރ. ފައިނު ކައުންސިލްގައި ވެރިކަން ކުރާ އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލިއްޖެ އެވެ.

އެ ދެ ކައުންސިލްގެ މެޖޯރިޓީ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ގެއްލުނީ ދެ ކައުންސިލަރަކު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމުންނެވެ. އެމްޑީޕީގައި އިސްކޮށް އުޅުއްވި ބޭފުޅުން އެ ޕާޓީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއަށް މެންބަރުން އިތުރު ކުރުމަށް މުޅި ރާއްޖޭގައި ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ރަފަންދޫ ކައުންސިލް ނައިބު ރައީސް އަމާނީ މުއީން ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިފައެވެ. އެއާއެކު އެ ކައުންސިލްގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ.

އަމާނީ ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށް ޕާޓީގެ މެންބާޝިޕް ފޯމް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރަށް ހަވާލުކޮށްފައެވެ.

މީގެ އިތުރުންް ފައިނު ކައުންސިލާ ހަސަން ވަހީދު ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. އޭނާ އެމްޑީޕީން ވަކިވެ ޑިމޮކްރެޓާއި ގުޅުމުން އެމްޑީޕީގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. ހަސަން ވަހީދު ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށް ޕާޓީގެ މެންބާޝިޕް ފޯމް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފާ ހަވާލުކޮށްފައެވެ.

ޑިމޮކްރެޓްސްގެ ބާނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވަމުންނެވެ. 

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ބޮޑުބައި ކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ. އިންތިހާބުގައި އެމްޑީޕީގެ ގިނަ މެންބަރުންގެ ވޯޓް ޑިމޮކްރެޓްސްއަށް ލިބޭނެ ކަމަށްވެސް ވިދާޅުވެ އެވެ. 

އެމްޑީޕީން ބައެއް މެންބަރުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުނަސް އެ ޕާޓީގެ ދަފްތަރުން ބޮޑު އަދަދެއް މަދެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.