ޔުކްރޭނަށް އަނެއްކާވެސް ހަތިޔާރު ފޮނުވައިދޭން އެމެރިކާ ނިންމައިފި

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގެނެ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

ޔުކްރޭނަށް ގެންދާ މިލިޓަރީ އެހީގައި ހިމެނޭ ހަތިޔާރުތައް ބަރު ކުރަނީ

ޔޫކްރެއިނަށް އެމެރިކާއިން އޮންނަނީ އަބަދު ހަތިޔާރު އޮއްސަ އޮސަ އެވެ. ބޭނުމަކީ ރަޝިޔާ ބަލިކޮށް ފަގީރު ގައުމަކަށް ބަދަލު ކުރުމެވެ. 

މިހާރު އަނެއްކާވެސް 400 މިލިޔަން ޑޮލަރުގެ ހަތިޔާރު ޔުކްރޭނަށް ފޮނުވަން ރައީސް ބައިޑަން ނިންމަވައި އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެކަމަކު ހަތިޔާރުގެ އެހީގެ ތެރޭގައި މި ފަހަރު ކްލަސްޓާ ބޮން މިފަހަރު ހިމަނާފައެއް ނެތެވެ. އެއީ ބައިނަލްއަގުވާމީ ފާޑު ކިޔުންތަކާ ގުޅިގެނާއި ކްލަސްޓާ ބޮން ބޭނުންކޮށްފި ނަމަ އެފަދަ މާ ބާރުގަދަ އެތައް ބޮމެއް ބޭނުން ކުރާނެ ކަމަށް ރަޝިޔާއިން ބުނުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް ބަޑި އާއި އެފަދަ އެހެން އާލާތާއި ގިނަ އަދަދެއްގެ މިސައިލާއި އަސްކަރީ ޒަމާނީ އެތައް އުޅަނދުފަހަރެއް ހިމެނެ އެވެ. 

މި އެހީއާއެކު މިއީ ހަތިޔާރު އެހީގެ 43 ވަނަ ޕެކޭޖެވެ. ހުރިހާ އެފަދަ އެހީއެއްގެ އަގު 41 ބިލިޔަން ޑޮލަރަށް އަރައެވެ. 

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގެނެ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. މި ހަނގުރާމަ ހުއްޓާ ނުލައި ކުރިިޔަށް ދާއިރު އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކުގައި ޔުކްރޭނުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އެ ގައުމުން ބުނަމުން ދެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.