ޕީއެސްޖީގެ ސްކޮޑުން އެމްބާޕޭ ބާކީ ކޮށްފި

އެމްބާޕޭ އެންމެ ބޭނުން ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ރެއާލް އިންވެސް އެމްބާޕޭ ހޯދަން ކުރިން ޝައުގުވެރިކަން ފާޅުކޮށް އެ މަސައްކަތް ކޮށްފައި ވެއެވެ.

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ: އޭނާއާ ކްލަބާ ވަނީ މައްސަލަ ޖެހިފައި

ޕީއެސްޖީން ޖަޕާނަށް ކުރާ ޕްރީ ސީޒަން ދަތުރުގެ ސްކޮޑުން އެ ކުލަބުގެ ތަރި، ކިލިއަން އެމްބާޕޭ ބާކީ ކޮށްފި އެވެ. 

މިހާރު ބެލެވިފައި ވަނީ އަންނަ ސީޒަންގައި ޕީއެސްޖީގެ ޕްލޭންގައި އެމްބާޕޭ ނުހިމަނައި ބޮޑު އަގުގައި ވިއްކާލަން ވަނީ ނިންމާފަ އެވެ.

ފްރާންސްގެ ތަރި، އެމްބާޕޭއަށް ޕީއެސްޖީގައި މި މައްސަލަ ދިމާވެފައި ވަނީ ކްލަބަކާއެކު އެއްބަސްވުން އާ ކުރަން ދެކޮޅު ހަދާ މައްސަލާ ހައްލު ނުވުމުންނެވެ. އެ މައްސަލަ ހައްލު ނުކުރެވުމުން ޕީއެސްޖީގެ ޗެއާމަން ނާސިރް އަލް ހެލާފީ ވިދާޅުވީ ކްލަބަށް ވުރެ ބޮޑު ކުޅުންތެރިއެއް ނުހުންނާނެ ކަމަށެވެ. 

އަނެއް ކޮޅުން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ފާޑު ކިޔައި އެއީ ބައިބައިވުން ބޮޑު ކުލަބެއްގެ ގޮތުގައި ވެސް ސިފަ ކޮށްފަ އެވެ. އަދި ބައިވެފައިވާ ކްލަބެއްގައި މޮޅެއް ނެތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. 

އެމްބާޕޭ އެންމެ ބޭނުން ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ރެއާލް އިންވެސް އެމްބާޕޭ ހޯދަން ކުރިން ޝައުގުވެރިކަން ފާޅުކޮށް އެ މަސައްކަތް ކޮށްފައި ވެއެވެ. އިނގިރޭސި ވިލާތުގެ ނިއުކާސަލް އާއި ޗެލްސީއަކީ ވެސް އެމްބާޕޭ ގެންދަން ބޭނުންވާ ދެ ކްލަބެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.