ދިއްދޫގައި އޮންނާނީ އެމްޑީޕީ، ރޫޅައެއް ނުލެވޭނެ

ސިޔާސީ ފޯރިގަދަ ދިއްދޫގައި އެމްޑީޕީގެ ތާއީދު ބޮޑެވެ. ނަމަވެސް ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންނާއެކު އެމްޑީޕީގެ ތާއީދު ވަނީ ކުޑަވެފައެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވާއިރު އެމްޑީޕީ ސަޕޯޓަރަކު “ނުރޫޅޭނެ” ޖަހާފައިވާ ޓީޝާޓެއް ލަައިގެން

ތިލަދުންމަތީ އުތުރުގެ ވެރިރަށް -- ދިއްދޫގައި އެމްޑީޕީ ފަނޑުކޮށް ނުލެވޭނެ ކަމަަށާ އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރު ކުރައްވައިފި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ފައްޓަވާފައިވާ ކެމްޕެއިންގައި ހއގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުން ދިއްދޫއަށް ވަޑައިގެން ރޭ އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވަނީ ދިއްދޫގައި އެމްޑީޕީއަށް އޮތް ތާއީދު ފާހަގަ ކުރައްވާ ދިއްދޫގައި އެމްޑީޕީ ފަނޑުކޮށް ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ދިއްދޫގައި އެމްޑީޕީ ރޫޅާނުލެވޭނެ ކަމަަށް ވިދާޅުވި އެވެ. ރައީސް އެހެން ވިދާޅުވުމުން ޖަލްސާގެ ބައިވެރީން ވަނީ ހަރުއަަޑުން އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ގޮވާލާފައެވެ. 

"ދިއްދޫގައި އޮންނާނީ އެމްޑީޕީ. ދިއްދޫގައި އޮންނާނީ އެމްޑީޕީ އިނގޭތޯ،" ރައީސްގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވި އެވެ.

ސިޔާސީ ފޯރިގަދަ ދިއްދޫގައި އެމްޑީޕީގެ ތާއީދު ބޮޑެވެ. ނަމަވެސް ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންނާއެކު އެމްޑީޕީގެ ތާއީދު ވަނީ ކުޑަވެފައެވެ.

ރައީސް ސޯލިހް އިއްޔެ ހަވީރު ދިއްދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރަށް ޖަމާވެފައެވެ. ނަމަވެސް ރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދެވެ.  

ޑިމޮކްރެޓްސްއަށް ސޮއިކުރައްވާ އެމްޑީޕީ ރޫޅާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މީގެ ކުރީން ވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. ވިދާޅުވީ އެމްޑީޕީ ރޫޅާނުލެވޭނެ ކަމަަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ބައިބައިވެގެން ވެސް ނުދާނެ ކަމަށެވެ.

"އެއްވެސް މީހަކު ވަކިވެގެން ދިއުމަކީ އެއީ ދެރައެއް. އެކަމަކު މި ޕާޓީ ދާނީ ކުރިއަށް،" އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ތަކުރާރު ކުރައްވާ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "އެމްޑީޕީ އެ ދަނީ ރޫޅެމުން" ކަމަށެވެ. ވިދާޅުވީ އެމްޑީޕީ އުފެއްދެވީ ފިކުރެއް ދިރުވަން ކަމަށާ ނަމަވެސް އެމްޑީޕީ ދަތުރުކުރާ މިސްރާބު ކަސިޔާރުވުމުން ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ކަމަށެވެ. އެމްޑީޕީ ދޫކޮށްލައްވަން ވަރަށް އުނދަގޫވި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ތަކުރާރު ކުރައްވާ ވިދާޅުވީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށެވެ. ހަ ފަހަރު އެ ބަސްފުޅު ތަކުރާރު ކުރެއްވި އެވެ. އެމްޑީޕީއަކީ ކެޔޮގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާ ވިދާޅުވީ ކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް. ތި ޕާޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތިޔަ ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތިޔަ ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން'"

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ޑިމޮކްރެޓްސްގެ ނޫ ޓައީ އަޅުއްވައިގެން ހުންނަވާ ވަރަށް ޖޯޝުގައި ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.