ސަރުކާރުން ރާވާފައި އޮތީ އިންތިހާބާ ދިމާކޮށް އިދިކޮޅުގެ ވެރީން ހައްޔަރު ކުރަން

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ރާވާފައި އޮތީ އިދިކޮޅުގެ ލީޑާޝިޕްގައި ތިބި އެންމެން ހައްޔަރު ކުރަން އިންތިހާބު އައުމުގެ ކުރީން. މި ރޭވުން ފުލުސް އޮފީސްތެރޭގައި ރާވަމުން ދަނީ. މިހާ އަނިޔާވެރިކޮށް މި ވިސްނުން ހުރީ،"

އިިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ހައްޔަރު ކޮށްގެން ގެންދަނީ -- ދެންގެ ފޮޓޯތަކެއް

ސަރުކާރުން ރާވާފައި އޮތީ އިންތިހާބުގެ ކުރީން އިދިކޮޅުގެ ލީޑާޝިޕްގައި ތިބި އެންމެން ހައްޔަރު ކުރަން ކަމަށް ޕީޕީއެމް / ޕީއެންސީން މިއަދު ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރު ކުރުމާއި ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ.

ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު / އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހައްޔަރުކޮށްފައިވާ އިދިކޮޅު ދެ ޕާޓީގެ މެންބަރުން ވަގުތުން ދޫކޮށްލަން ގޮވާލައްވާފައެވެ. އަދި އިދިކޮޅުގެ އިހްތިޖާޖުތަކާއި ހަރަކާތްތަކަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލެއްވި އެވެ. ސަލީމް ވިދާޅުވީ ފުލުހުން މިހާރު ކުރަމުން ދަނީ ސަރުކާރުން އަންގާ އެންގުންތައް ތަންފީޒު ކުރުމުގެ މަސައްކަތްތަކެކެވެ. އެ ގޮތުން އިންތިހާބުގެ ކުރީން ޕީޕީއެމް / ޕީއެންސީގެ މުޅި ލީޑާޝިޕް ހައްޔަރު ކުރުމުގެ މަޝްވަރާތައް ފުލުސް އޮފީސް ތެރޭ ހިންގާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ރާވާފައި އޮތީ އިދިކޮޅުގެ ލީޑާޝިޕްގައި ތިބި އެންމެން ހައްޔަރު ކުރަން އިންތިހާބު އައުމުގެ ކުރީން. މި ރޭވުން ފުލުސް އޮފީސްތެރޭގައި ރާވަމުން ދަނީ. މިހާ އަނިޔާވެރިކޮށް މި ވިސްނުން ހުރީ،"

ނޫސްވެރީންގެ ބައްދަލްވުމުގައި ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު / އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވާހަކަ ދައްކަވަނީ

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފަށް ހުރަސް އަޅާފައިވާ ކަމަށާ އެއީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ. އެ ކަމަށް ފުުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ދޫދޭ ގޮތަކަށް ނޫން. އަޅުގަނޑުމެން ބިރެއްވެސް ނުގަނޭ. ހައްޔަރުވެސް ކުރަން ވީ. އެެހެން ކަންތައްވެސް ކުރަންވީ. އެއީ އަޅުގަނޑުމެން ޖެހިލުންވާ ކަމެއް ނޫން. އަޅުގަނޑުމެން ޖަލަށްދާން މި ތިބީ ތައްޔާރަށް ރެޑީގައި،"

އަދި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އިށީންނަށް ޖެހުނީ އެއްވެސް މުއައްސަސާއަކުން އިދިކޮޅުގެ ކަންބޮޑުވުންތަކަށް ޖަވާބު ނުލިބުމުން ކަަމަށެވެ. ރާއްޖެ މިއަދު އޮތީ އިންސާފު ހޯދަން ދާނެ އެއްވެސް ތަނެއް ނެތް ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ގާނޫނީ ވަކީލުންނާއި އިލްމީ ބޭފުޅުން މި ހާލަތު ބަދަލުކޮށް ގައުމު ސަލާމަތް ކުރަން ނިތުމަށް ސަލީމް ގޮވާލެއްވި އެވެ.

"އިންސާފު ހޯދަން ދެން ދާނީ ކޮންތާކަށްތޯ. މި ގައުމުގައި އިންސާފު ހޯދޭނެ ގޮތެއް ނެތިއްޖެއްޔާ ދެން އަޅުގަނޑުމެން ހަދާނީ ކިހިނެތްތޯ،"

ސަލީމް ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދަށް ޖަމާބެ ޓިކްޓޮކް ކުޅެ ވާހަކަދައްކަން ތިބުމުގެ ހައްގު މި ގައުމުގައި އުޅޭ ބިދޭސީންނަށް އޮންނައިރު ގައުމީ މައްސަލަތަކާއި މެދު ވާހަކަ ދައްކަވާލަން އެ ސަރަހައްދުގައި ތިބުމުގެ ހައްގު ޕާޓީތަކުގެ ބޭފުޅުންނަށް ނެތް ކަމަށެވެ.

ސަލީމް ވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން ފަށާފައިވާ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

"ރައީސް ޔާމީން ސަލާމަތް ނުވަވީހެއް އަޅުގަނޑުމެން އެކަކުވެސް މައިތިރިއެއް ނުވާނެ. މައިތިރިނުވެސް ކުރެވޭނެ. ރައްޔިތުން މިއަށްވުރެ ބާރަށް ނިކުންނާނެ ދުވަސް އަދި އަންނާނެ. ކައިރި ވަނީ އެ ދުވަސް،" ސަލީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.