ފުލުހުން ނޫސްވެރީންނަށް އަނިޔާކޮށްފި

ފުލުހަކު ވަނީ އޭނާގެ ހަރުކަށިކަން ދައްކާ ނޫސްވެރީން ކޮއްޕާލާފައެވެ. އެއާއެކު ތިން ނޫސްވެރިއަކު ބިންމައްޗަށް ވެއްޓުނެވެ.

އެސްއޯ ފުލުހަކު ކޮށްޕާލުމުން ނޫސްވެރީން ވެއްޓިފައި

އިިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިށީންދެ ތިއްބަވާ ކުރެއްވި އިހުތިޖާޖު ކަވަރުކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރީންނަށް އަނިޔާވާނެ ގޮތަށް ފުލުހުން އަމަލުކޮށްފި އެވެ.

އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދުގައި ތިބި ނޫސްވެރީން ފަހަތަށް ޖަހާ އެ ސަރަހައްދުން ފޮނުވާލަން މަސައްކަތް ކޮށްފައެވެ.

އަދި ފުލުހަކު ވަނީ އޭނާގެ ހަރުކަށިކަން ދައްކާ ނޫސްވެރީން ކޮއްޕާލާފައެވެ. އެއާއެކު ތިން ނޫސްވެރިއަކު ބިންމައްޗަށް ވެއްޓުނެވެ. އޭގެ ތެރޭގައި ކެމެރާނަކާއި ދެ ނޫސްވެރީން ހިމެނެ އެވެ. 

އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަރަށް ބޮޑަށް ވައިރަލްވެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހަށް ވަނީ އަމާޒުވެފައެވެ. އެ ސަަރަހައްދުގައި ތިބި ނޫސްވެރީން ވެސް ބުނީ ހަރުކަށިކޮށް ވާހަކަ ދައްކާ، ފުލުހުންގެ އަމަލުތައް ހުރީ ހާލަތާއި ނުބައްދަލު މިންވަރަކަށް ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ. އަދިވެސް ޕީޕީއެމް / ޕީއެންސީގެ ބައެއް ބޭފުޅުން ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.