ވ. ތިނަދޫގެ އާ އިންޖީނުގެ ހުޅުވައިފި

ތިނަދޫ އިންޖީނުގެއަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ އެވެ.

ވ. އަތޮޅު ތިނަދޫގެ އާ އިންޖީނުގެ ހުޅުވައި ދެއްވުމަށް ފަހު ރައީސް ބައްލަވާލައްވާއިރު ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު އާއި ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އަރިހުގައި -- ފޮޓޯ: ސްޓެލްކޯ

ވ. ތިނަދޫ އާ އިންޖީނުގެ އިއްޔެ ހުޅުވައި ދެއްވައިފި އެވެ. އެ ރަށު އިންޖީނުގެ ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 

ތިނަދޫގައި ހުޅުވި އިންޖީނުގެއަކީ، އެ ރަށަށް ކުރިން ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުރުމުން ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ވެސް ދަތިވާތީ އެޅި އިންޖީނުގެ އެކެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ތިނަދޫ އާ އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫ އާ އިންޖީނުގޭގެ ފުރާޅުގައި ވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ.

ތިނަދޫގެ އާ އިންޖީނުގެ
  • ތިނަދޫ
  • ފެލިދޫ ދާއިރާ
  • ޕޯސްޓް ކޯޑު: 10020
  • ބިމުގެ ބޮޑުމިން: 11.6 ހެކްޓަރ
  • އާބާދީ: 75

ތިނަދޫއަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ އެވެ. ސްޓެލްކޯއިން ތިނަދޫގެ ކަރަންޓާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެކެވެ. ނަމަވެސް އިއްޔެ އާ އިންޖީނުގެ ހުޅުވުމާ ހަމައަށް ވެސް، ބާ އިންޖީނުގޭގައި އާ ޖަނަރޭޓަރުތައް ބަހައްޓައިގެން މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ދިނެވެ.

ތިނަދޫގައި އާ އިންޖީނުގެއެއްގެ ބިންގާ އެޅީ ސެޕްޓެމްބަރު 24، 2020 ގައެވެ. 

ތިނަދޫ - ވ. އަތޮޅު ތިނަދޫއަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އާންމުކޮށް ރަށުގެ ގިނަ ބަޔަކު މަސައްކަތްކުރަމުން ގެންދެއެވެ. އެ ރަށުގައި 200 ވަރަކަށް އަހަރުވީ މިސްކިތެއް ކުރިން ހުއްޓެވެ. އެފަދަ ގިނަ ދުވަސްވީ ތަނެއް ކަމުގައިވާ "މަގާމްފުޅު" ކިޔާ ޒިޔާރަތެއް މިހާރުވެސް ހުރެއެވެ. ބޮޑުބެރު ޖެހުމަކީ އެ ރަށުގެ ރައްޔިތުންގެ މެދު މަގުބޫލު ކުޅިވަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.