ކްލަސްޓާ ބޮމަކީ ރަޝިއާއަށް އާ އެއްޗެއް ނޫން: ޕޫޓިން

އެމެރިކާއިން ޔޫކްރައިން ކްލަސްޓާ ބޮން ދިން މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ބައެއް ޖަމާއަތްތައް ބެލި ނަމަވެސް ޔޫރަޕްގެ އިއްތިހާދާއި ނޭޓޯއިން އެކަމާ ފަރުވާލެއް ނުބަހައްޓަ އެވެ.

ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން: ޔުކްރޭނަށް އިންޒާރު ދެއްވި

އެމެރިކާއިން ގެންދަނީ ޔުކްރޭނަށް އަބަދާއަބަދު ހަތިޔާރު ފޯރުކޮށް ދެމުން އަދި ހަތިޔާރުގެ ބަޖެޓް ފުޅާ ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ނުރައްކާތެރި ކްލަސްޓާ ބޮން ވެސް ހިމެނެ އެވެ. 

ރަޝިއާއިން ބުނާ ގޮތުގައި އެމެރިކާއިން އިސްވެ އަމިއްލައަށް ޔުކްރޭނަށް ދީފައިވާ ކްލަސްޓާ ބޮމަކީ ނުރައްކާތެރި ހަތިޔާރެކެވެ. އެކަމަކު އެ ޔޫކްރައިނުން ބޭނުން ކޮށްފި ނަމަ އެއީ އަމިއްލައަށް ޔުކްރޭނުން ހަދާނެ އެންމެ ބޮޑު އެއް ގޯހެވެ.

ރަޝިޔާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔުކްރޭނުން ކްލަސްޓާ ބޮން ބޭނުން ކޮށްފި ނަމަ ރައްދު ދީ ބަދަލު ހިފާނެ އެވެ.  ކްލަސްޓާ ބޮމަކީ ރަޝިއާ އާ ހަތިޔާރެއް ނޫނެވެ. -- ކްލަސްތާ ބޮމަކީ ބޮޑު އެއް ބޮމި ތެރޭގައި ބާރުގަދަ ބައިވަރު އެތައް ބޮމެއް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައި ބޮމެކެވެ. އެފަދަ ބޮމަކުން ސަހަރެއް އެކަށް ފަނާކޮށް އަންދާލެވެ އެވެ. 

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ މި މައްސަލާގައި ޔުކްރޭނަށް އިންޒާރު ކުރައްވާފަ އެވެ. 

ޕޫޓިން ވިދާޅުވީ ކްލަސްޓާ ބޮމުގެ ބިރު ރަޝިއާއަށް ނުދެއްކޭނެ ކަމަށާއި އެއީ ރަޝިޔާގައި ގިނަ އެއްޗެއް ކަމަށެވެ. ރަޝިއާ އާ ދެކޮޅަށް ޔޫކްރައިނުން ކްލަސްޓާ ބޮން ބޭނުން ކޮށްފި ނަމަ އެކި ބާވަތްތަކުގެ ކްލަސްޓާ ބޮން ރައްދުގައި ބޭނުން ކުރާނެ ކަމަށެވެ. އަދި ޖޯކް ޖައްސަވާ ވިދާޅުވީ ކްލަސްޓާ ބޮން ބޭނުން ކުރަން ޔުކްރޭނަށް ނޭނގޭނެ ކަމަށެވެ.

ރަޝިއާއިން އެހެން ބުނެ އިންޒާރުތައް ދިން ނަމަވެސް އެމެރިކާއިން ފޯރު ކޮށްދިން ކްލަސްޓާ ބޮން ޔޫކްރައިނުން ބޭނުމެއް ނުކުރެއެވެ. އެކަމަކު ބޭނުން ކޮށްފާނެ އިޝާރާތެއް ދީފައި ވެއެވެ. 

އެމެރިކާއިން ޔޫކްރައިން ކްލަސްޓާ ބޮން ދިން މައްސަލައަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ބައެއް ޖަމާއަތްތައް ބެލި ނަމަވެސް ޔޫރަޕްގެ އިއްތިހާދާއި ނޭޓޯއިން އެކަމާ ފަރުވާލެއް ނުބަހައްޓަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.