ޔާމީނަށް ނުލެވޭނެ ނަމަ ކެންޑިޑޭޓަކު ދެއްކުން މުހިންމު: ސަލަފު ރައީސް

އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާން މިވަގުތު އޮތީ އެމްޑީޕީ އާއި ޖޭޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް ކަމަށެވެ.

ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވާދަ ނުކުރެއްވޭ ނަމަ ޕީޕީއެމް އޮޔާދާން ދޫކޮށްލާފާއި އޮތުމަށް ވުރެ އެހެން ކެންޑިޑޭޓަކު ނެރެ ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ސަލަފު ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަލަފަކީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވަރަށް ގިނަ އިލްމުވެރިންނާއި އާންމުންގެ މައްޗަށް ހިމެނޭ ވަރަށް ބޮޑު އަދި ނުފޫޒު ގަދަ ޖަމާއަތެކެވެ. ސަލަފުގެ ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. 

އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާން މިވަގުތު އޮތީ އެމްޑީޕީ އާއި ޖޭޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ކެންޑިިޑެންސީ ރައީސް އަބްދުﷲ ޔާމީނަށް ބަންދުވުމާއި ނުވުމާއި މެދު އަދިވެސް ގޮތެއް ސާފުނާ ކަމަށާއި އެ މަނިކުފާނަށް ކުރިމަތިލެވޭ ނަމަ އެމަނިކުފާނު އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ކަަމަށެވެ.

"ނަމަވެސް އެމަގު ބަންދުވެއްޖެނަމަ ޕާޓީ އޮޔާދާން އޮތުމަށްވުރެ ރަނގަޅުކަމުގައި ގިނަ ބަޔަކު ދެކެނީ އިތުރު ކެންޑިޑޭޓަކު ދެއްކުން. އަދި އެއީ ރައީސް ވަހީދު ކަމުގައިވުމަކީ ފައިދާ ބޮޑުގޮތް" އަބްދުﷲ ވިދާޅުވި އެވެ.

ކޮމެންޓް

1
450
އެދުރު
9 months ago

ޔާމީނުގެ ދައުރުވެސް ލާދީނީ ކަންކަން ކުރި. އެހެންވީމަ ސަލަފުންވެސް ހެޔޮ ގޮތް އެދޭނަމަ ދައްކަންވީ އެނޫން މީހެއް. އެމްޑީޕީވެސް ޕީޕީއެމްވެސް ރަނގަޅު ނޫންކަން އެނގިތިބެ ޕީޕީއެމް ޕްރޮމޯޓްކޮށް އެމްޑީޕީއާ ދެކޮޅުވުމަކީ ހައްލެއް ނޫން. ގޯސްވާނީ ގޯހަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.