މާލެއާ ހުޅުމާލޭގެ ބަޔަކުން މިއަދު ކަރަންޓު ކެނޑިދާނެ

ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތަށް މިއަދު އަރާފާނެ ބުރުލަކަށްޓަކައި ސްޓެލްކޯއިން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ.

ސްޓެލްކޯ މުވައްްޒަފުން މަސައްކަތުގައި: ކަރަންޓުގެ ވިއުގައިގެ މަސައްކަތްތަކެއް މިއަދު ކުރާއިރު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ބުނި -- ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ. 

އެ ކުންފުނިން އާންމު ސަމާލު ކަމަށް ގެނެސްދީފައިވާ ގޮތުން މިއަދު ކަރަންޓް ކެނޑެން މެދުވެރިވާ ސަބަބަކީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަން މަސައްކަތެއް ކުރާތީ އެވެ. 

އެހެންވެ މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މި މަސައްކަތް ހިނގާއިރު މާލޭގައި ކަރަންޓު ކެނޑޭނީ އަމީނީ މަގުން މާފަންނު ބަޔާއި ކަނބާ އައިސަ ރަނި ހިނގުމާއި ބުރުޒު މަގާއި އަދި ޝަހީދު އަލީ ހިނގުމުންނެވެ. ހުޅުމާލޭގައި ކަރަންޓު ކެނޑޭނީ ފިތުރޯނު މަގުން ކަމަށެވެ.  

ހިދުމަތަށް މިއަދު އަރާފާނެ ބުރުލަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.